ads
މާޅެންދޫ މަގެއްގެ މަތި
ކޮވިޑް-19 އާއި ގުޅިގެން މާޅެންދޫއަށް އަރާފޭބުން މަނާ ކޮށްފި
ރަށުތެރޭ ބަލި ފެތުރެން ފެށުމާއި ގުޅިގެން ނ. މާޅެންދޫއަށް އަރާ ފޭބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން މަނާ ކޮށްފިއެވެ.
Advertisement

އެޗްޕީއޭއިން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު ހެނދުނު 10:12 ހާއިރުއެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން ނެގި ރެންޑަމް ސާމްޕަލްއެއް ބައްޔަށް ޕޮޒިޓިވް ވެފައި ވުމުންނެވެ.

އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން މާޅެންދޫ ހެލްތު ސެންޓަރުގެ ޒިންމާދާރު ވެރިޔާ އައިޝަތް ޒިދްނާ ސީއެންއެމް އަށް ވިދާޅުވީ، އެރަށުން އިއްޔެގެ ވަގުތެއްގައި ނެގި ރެންޑަމް ސާމްޕަލްއެއް ބައްޔަށް ޕޮޒިޓިވް ވެފައި ވާކަމަށާއި، އޭގެ އިތުރުން ފްލޫ ކްލިނިކް އަށް ދެއްކި ބައެއް މީހުން ވެސް ބައްޔަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. 

މިހާތަނަށް އެރަށުން 12 ފަރާތެއް ބައްޔަށް ޕޮޒިޓިވް ވެފައި ވާކަމަށާއި، އިއްޔެ އެކަނި ވެސް އަށް ފަރާތެއް ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ޒިދްނާ ވިދާޅުވިއެވެ. 

އެ ރަށުގެ 18 ގެއެއް ކަރަންޓީނު ކުރެވިފައި ވާކަމަށާއި، އޭގެ ތެރެއިން ހަތް ގެއަކީ ޕޮޒިޓިވް ވެފައިވާ ފަރާތްތައް ދިރިއުޅެމުން އަންނަ ގެތައްް ކަމަށް ވެސް ވިދާޅުވިއެވެ. 

މާޅެންދޫ މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެވިފައި ވާއިރު، މިހާތަނަށް ރާއްޖޭގެ 31 ރަށެއް ވަނީ ކޮވިޑް-19 ގެ ސަބަބުން މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ،

1 ކ. މާފުށި

2 ހއ. އިހަވަންދޫ

3 ހދ. ނޮޅިވަރަންފަރު

4 ށ. ފުނަދޫ

5 ބ. ދަރަވަންދޫ

6 ދ. ބަނޑިދޫ

7 ލ. ގަން

8 ގދ. ގައްދޫ

9 ރ. އުނގޫފާރު

10 ހދ. ހަނިމާދޫ

11 ކ. ގުރައިދޫ

12 ބ. އޭދަފުށި

13 ހއ. ދިއްދޫ

14 ތ. ގުރައިދޫ

15 ބ. ގޮއިދޫ

16 ޅ. ކުރެންދޫ

17 ހދ. ކުޅުދުއްފުށި

18 ލ. ދަނބިދޫ

19 ލ. ހިތަދޫ

20 ށ. ކަނޑިތީމު

21 ވ. ކެޔޮދޫ

22 ނ. ކުޑަފަރި

23 ގދ. ތިނަދޫ

24 ގދ. މަޑަވެލި

25 އދ. މަހިބަދޫ

26 ދ. ކުޑަހުވަދޫ

27 ދ. ހުޅުދެލި

28 ގދ. ވާދޫ

29 ށ. މިލަންދޫ

30 ގއ. ކޮލަމާފުށި

31 ނ. މާޅެންދޫ

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 125،590 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 108،632 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އުޅެނީ 57 ގައެވެ. މިހާތަނަށް ރާއްޖެއިން 273 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ތިބީ ބަލިޖެހިފައިވާ 16673 މީހުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް