ads
ހުޅުމާލެ ފޭސް 2 ގެ ފްލެޓްތައް
ގިނަ ހުރަސްތަކެއް ހުރުމުން މާޗް މަހަށްވެސް ހިޔާގެ މަސައްކަތް ނުނިންމޭނެ
ހުޅުމާލޭ ފޭސް 2ގެ ހިޔާ ފްލެޓްތަކުގެ މަސައްކަތް މިއަންނަ މާޗް މަހަށްވެސް ނިންމާލެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ހިޔާ ޔޫނިއަނުން ބުނެފިއެވެ.
Advertisement

ހިޔާ ޔޫނިއަންގެ ރައީސް އަބްދުﷲ އަމްޒަލް "ސީއެންއެމް"އަށް ވިދާޅުވީ ފްލެޓްތަކުގެ އަހުލުވެރިން މަސައްކަތް ކުރަމުންދާއިރު އަދިވެސް ގިނަ ހުރަސްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކޮވިޑްގެ ހާލަތާއި މުދާ ނުލިބުމުގެ މައްސަލަ އޭނާ ފާހަގަ ކުރެއްވިއެވެ. 

މީގެ ކުރިން ސަރުކާރުން ވަނީ، ގްރޭސް ޕީރިއަޑްގެ މުއްދަތް ހަމަވެ ޖަނަވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ކުލި ނެގުމަށް ނިންމާފައެވެ. އެހެންނަމަވެސް ހިޔާފްލެޓްތަކުގެ ވެރިން ކުރި މުޒާހަރާއާއި ގުޅިގެން ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ގްރޭސް ޕީރިއަޑްގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ. އިތުރު ކުރީ އަންނަ މާޗް މަހުގެ ނިޔަލަށެވެ. 

އެހެންނަމަވެސް ހިޔާ ޔޫނިއަނުން ބުނީ ބައެއް އެޕާޓްމެންޓްތައް ހަދަމުންދާއިރު މަސައްކަތް ކުރާ ފަރާތްތަކުގެ މުވައްޒަފުން ކޮވިޑް ޖެހި، މަސައްކަތްތައް މެދުކެނޑެމުންދާ ކަމަށެވެ. އަދި މިދުވަސްވަރު ޗައިނާ ބަންދުވެފައިވުމާއެކު ވިޔަފާރިވެރިންނަށް މުދާ ގެނައުމުގައި ދަތި ތަކެއް ހުރުމުންވެސް ލަސްތައް ވަމުން އަންނަކަމަށް އެ ޔޫނިއަނުން ބުނެއެވެ.

"މި ދެސަބަބާ ހުރެ ލަސްވަމުން އަންނަނީ. އެކަމަކު އެންމެ ބޮޑަށް ޔުނިޓްތަކަށް ވަންނަން ބޭނުންވެފައި ތިބި މީހުންގެ ތެރެއިން ގިނަބަޔަކަށް ވަދެވިއްޖެ. އެހެންނަމަވެސް އަދިވެސް ގިނަބަޔަކަށް މަސައްކަތުގެ ހުރަސްތަކެއް ހުރިކަން ފާހަގަ ކޮށްލެވޭ" އަމްޒަލް ވިދާޅުވިއެވެ.

އަމްޒަލް ވިދާޅުވީ މުއްދަތަށް ޔުނިޓްތައް ނުނިމުނު ނަމަވެސް ވަކި ހަރަކާތްތަކެއް ހިންގަން އަދި ނިންމާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ކަމާބެހޭ ފަރާތްތަކާ އަބަދުވެސް ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. 

ޔޫނިއަނުން ބުނީ މިދުވަސްކޮޅުވެސް ބައްދަލުވުމެއް ބޭވުމަށް ހައުސިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި، އެހެންނަމަވެސް ކޮމަންޑޫ ދާއިރާގެ އިލެކްޝަން ވެސް އޮތުމާއެކު ބައްދަލުވުމަށް އަދި ވަގުތު ލިބިފައިނުވާ ކަމަށެވެ. 

ހިޔާ ފްލެޓްތަކުގެ ކުއްޔަކީ 8500ރުފިޔާއެވެ. 

17%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް