ކުރިން މާލޭ އިންޓަސްޓްރިއަލް ޒޯނުގައި ޑްރައިވިން ލައިންސަންސް ނަގަން ފަރިތަކުރަމުން އައި ނަމަވެސް ހުޅުމާލޭގައި ތަރައްގީކުރި ޑްރައިވިން ސަރަހައްދުގެ މަސައްކަތް ނިންމައި މިއަދު ވަނީ ޓެސްޓުހަދަން ފަށާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މާލެސިޓީ ކައުންސިލާ ހަވާލު ކުރި ޑްރައިވިން ސަރަހައްދުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި މަސައްކަތަކީ މާލޭގައި ޑްރައިވިންގް ޓެސްޓް ހަދަމުންދިޔަ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދު ބްރިޖް މަޝްރޫޢު އަށް ބަންދު ކުރުމާއި ގުޅިގެން ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމުގެ ގޮތުން ކުރިއަށް ހެދި ތަނެކެވެ.
ސިޓީ ކައުންސިލުން ބުނީ އެތަނުގެ މަސައްކަތް އެކީ ނިމޭއިރު ދެ ފާހާނާ އާއި ވެއިޓިން އޭރިއާ ވެސް ހުންނާނެ ކަމަށެވެ.