ads
ކެނެޑާގެ ބޮޑުވަޒީރު، ޖަސްޓިން ޓްރޫޑޯ
މުޒާހަރާ ތަކާއި ގުޅިގެން އާއިލާ އާއި އެކު ކެނެޑާގެ ބޮޑުވަޒީރު ގެއްލިއްޖެ!
ކެނެޑާގައި މިހާރު ކުރިއަށްދާ މުޒާހަރާ ތަކާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު، ޖަސްޓިން ޓްރޫޑޯއާއި އެމަނިކުފާނުގެ އާއިލާ ސިއްރު ތަނަކަށް ބަދަލު ވެފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
Advertisement

އެގައުމުގައި މިހާރު ކުރިއަށްދާ މުޒާހަރާ ތަކަކީ، އެގައުމުގެ ސަރުކާރުން ކޮވިޑް-19ގެ ވެކްސިން ޖެހުން މަޖުބޫރު ކުރުމަށް އެޅި ފިޔަވަޅު ތަކާއި ގުޅިގެން ކުރަމުންގެންދާ މުޒާހަރާ ތަކެކެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ޕާލަމެންޓް ހިލްގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މުޒާހަރާ ކޮށްފައެވެ. 

"ފްރީޑަމް ކޮންވޭ" ގެ ނަމުގައި ކުރިއަށް ގެންދާ މި މުޒާހަރާގައި، އާންމު ސިއްހަތުގެ އެހެނިހެން ގައިދުރުކަން ނައްތާލުމަށް ގޮވާލައި، ވެރިރަށް ކެޕިޓަލް ސިޓީއަށް އެތައް ހާސް ޓްރަކް ތަކާއި، އެނޫންވެސް މުޒާހަރާގެ ބައިވެރިން ވަނީ އިއްޔެއިން ފެށިގެން ޖަމާވެފައެވެ. އެފަރާތްތަކުން އަންނަނީ، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެތައް ހާސްބަޔަކަށް ގެއްލުން ވަމުން އަންނަ ކަމަށާއި، މިކަމުގެ ސަބަބުން ކުދި ވިޔަފާރިވެރިން އިނދަޖެހިދާނެ ކަމަށް ގޮވާލަމުންނެވެ. 

މުޒާހަރާ ކުރާ މީހުންގެ ތެރޭގައި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް ހިމެނެއެވެ. 

މި މުޒާހަރާ ތަކާއި ގުޅިގެން ޖަސްޓިން ޓްރޫޑޯ ގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޮޑިވަޒީރާއި، އެމަނިކުފާނުގެ އާއިލާ އަށް މިވަގުތު ނުރައްކާ އޮތް ކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައި ވުމާއި އެކު، މީހުންނަށް ނޭނގޭ ރައްކާތެރި ތަނަކަށް ބަދަލު ކުރެވިފައި ވާކަމަށެވެ. އަދި ދެން އާއްމުންގެ ތެރެއަށް އެނބުރި އެމަނިކުފާނު އަންނާނީ، މުޒާހަރާތައް ކޮންޓްރޯލް ކުރެވުމުން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ، ވެކްސިން ޖެހުމަށް މަޖުބޫރު ކުރީ އެންމެންގެ ރައްކާތެރި ކަމަށް ކަމަށާއި، އެކަމާއި މެދު ނުރުހުން ފާޅު ކުރަމުން ދަނީ މަދު ބައެއް ކަމަށެވެ. އަދި ވެކްސިން ނުޖަހާ މީހުންނާއި ދޭތެރޭ އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަޅާނެ ކަމަށާއި، އެއްވެސް މީހެއް މިކަމުގައި އިސްތިސްނާ ނުވާނެ ކަމަށެވެ. 

އޮފީހުން ނެރުނު ބަޔާނާއި ގުޅިގެން މުޒާހަރާގެ ބައިވެރިން އަންނަނީ، ޖަސްޓިން ޓްރޫޑޯ ރައްޔިތުންނަށް ފިލާފައި ވާކަމަށް ގޮވާ އަޑުގަދަ ކުރަމުންނެވެ. އަދި މުޒާހަރާ ކުރުން ހުއްޓާ ނުލާނެ ކަމަށްވެސް އެފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. 

ކެނެޑާގައި މިހާރު ކުރިއަށްދާ މުޒާހަރާތައް ހޫނު ވެދާނެ ކަމަށް ބަލާ އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ މިހާރު ތައްޔާރީ ހާލަތަށް ގެނެސްފައެވެ. 

9%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
73%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް