ads
ޔުނިސެފްގެ އާ އެގްޒެކެޓިވް ޑިރެކްޓަރު ކެތަރިން ރަސެލް
ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ކެތަރިން ރަސެލް
ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާ ކެތަރިން ރަސެލް މިއަދު ހަވާލުވެވަޑައިގެންފިއެވެ.
Advertisement

އޭނާ ވެފައިވަނީ އެ ޖަމިއްޔާގެ 75 އަހަރުވީ ތާރީހުގައި އެ ޖަމިއްޔާގެ އެންމެ އިސް މަގާމާއި ހަވާލުވި ހަތަރު ވަނަ އަންހެން ބޭފުޅާއަށެވެ.

ރަސަލް ވިދާޅުވީ މިފަދަ މުހިންމު ދަނޑިވަޅެއްގައި ޔުނިސެފްއާ ގުޅި، ކުޑަކުދިންނަށް ޓަކައި ފާހަގަކޮށްލެވޭ މަސައްކަތްތައް ލީޑްކުރުމަށް އެހީތެރިވެދިނުމަކީ ލިބޭ ޝަރަފަކާއި ފަޚުރެއް ކަމަށެވެ. 

"ކޮވިޑް-19ގެ ބަލިމަޑުކަމާއި އެހެނިހެން ކާރިސާތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް އެތައް މިލިއަން ކުޑަކުދިންނެއް ތަހައްމަލު ކުރަމުންދާ ދަތިތަކާއެކު މި ދަނޑިވަޅުގައި، ޔުނިސެފުން ދަނީ އެކުދިންގެ ހައްގުތަކާއި އެކުދިންގެ މުސްތަގުބަލު ރައްކާތެރިކުރުމަށް ގޮވާލައި މަސައްކަތް ކުރަމުން. ކުރިއަށް ހުރި މަސައްކަތްތަކަށް އިންތިޒާރުކުރަން" ރަސެލް ވިދާޅުވިއެވެ.

ދެހާސް ވިހި ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް މިސް ރަސެލް ވަނީ އެމެރިކާ ސަރުކާރުގައި އެސިސްޓެންޓް ޓު ދަ ޕްރެޒިޑެންޓް އަދި ވައިޓް ހައުސް އޮފީސް އޮފް ޕްރެޒިޑެންޝަލް ޕާރސަނަލްސްގެ ޑިރެކްޓަރގެ މަޤާމު ފުރުއްވާފައެވެ. 

އޭގެ ކުރިން 2013 އިން 2017 އަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގައި އެމްބެސެޑަރ އެޓް ލާޖް ފޯ ގްލޯބަލް ވިމެންސް އިޝޫސްގެ މަގާމު ފުރުއްވާފައިވެއެވެ. އެ މަގާމުގައި އެކަމަނާ ވަނީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ހުރިހާ ގިންތިއެއްގައި އަންހެނުންގެ މައްސަލަތައް ޝާމިލުކުރައްވައި، 45 އަށް ވުރެ ގިނަ ޤައުމުގައި އެމެރިކާ ތަމްސީލުކުރައްވައި، ބޭރުގެ ސަރުކާރުތަކާއި، މަލްޓިލޭޓަރަލް އޯގަނައިޒޭޝަންތަކާއި، މަދަނީ ޖަމިއްޔާތަކާއެކު މަސައްކަތްކުރައްވާފައެވެ. އެކަމަނާއަކީ "ޔޫ.އެސް ގްލޯބަލް ސްޓްރެޓެޖީ ޓު އެމްޕަވަރޑް އެޑޮލެސެންޓް ގާރލްސް" ގެ ބިންގާ އެޅުމުގެ އެންމެ އިސް އާކިޓެކްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް