ads
ޝިލްޕާ ޝެޓީ
މޭވާ ބިނުމަށް މާ ފޯރި ހުންނަ ވާހަކަ ޝިލްޕާގެ ދުލުން!
ޝިލްޕާ ޝެޓީ އަކީ ސިއްހަތާއި ފިޓްނަސް ވަރަށް ސީރިއަސްކޮށް ނަގާ އެކްޓަރެކެވެ. ސިއްހަތަށް ބަލާ ވަރަށް އޭނާގެ ޝައުގުވެރިކަން ހުންނަ އެހެންކަން ކަން ވެސް ހުންނަކަން މިހާރުވަނީ އެނގިފަ އެވެ.
Advertisement

އެކަން ޔަގީންކޮށްދޭ އެތަކެއް ޔޯގާ އާއި ސާފު ކެއުމާއި ގުޅޭ އިންސްޕަޔަރިންގް ވީޑިއޯތަކާއި ޕޯސްޓްތައް އޭނާގެ އިންސްޓަގްރާމް ޕްރޮފައިލްގައި ހިއްސާކޮށްފައިވެއެވެ. ދާދި ފަހުން އެކްޓަރު ވަނީ އޭނާގެ އަމިއްލަ ބަގީޗާއިން ސީދާ މޭވާތައް ބިންނަ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކޮށްފައެވެ.

ކެޕްޝަންގައި އޭނާ ލިޔެފައި ވަނީ "މޭވާ ބިނުމަށް އަހަރެން ފޯރި ހުންނަ ވަރު އެންމެންނަށް ވެސް އެނގޭނެ. އެހެންވެ އިއްޔެ އަހަރެންގެ ބަގީޗާގައި ހުރި ބައެއް މޭވާ ބިނުމާއި ހަމައަށް ދިޔައީ."

އެ ވީޑިއޯގައި އެކްޓަރު ގަސްތަކުން މޭވާތައް ބިންނަމުން ދިޔައިރު އުފާވެފައިވާކަން ހާމަވެގެންދެއެވެ. ހިންދީ ބަހުން ކެރެމްބޯލާ ނުވަތަ "ކަމްރަކް" ގެ ނަމުން ވެސް މަޝްހޫރުވެފައިވާ ސްޓާ ފުރުޓުތައް ހިފަހައްޓައިގެން ހުރެ އޭނާ ބުނީ އެ މޭވާތައް ކާނީ ޗާތު މަސާލާ ނުވަތަ ޕިންކް ސޯލްޓް އާ އެކު ކަމަށެވެ.

"އަމިއްލަ އަތުން ގަސް އިންދާ، ގަސް ގަހުގައި މޭވާ އަޅާއިރު އެވާ އިހްސާސްތައް އެހެން އެއްވެސް އެއްޗަކަށް ބީޓް ނުކުރެވޭނެ"  

މީގެ އިތުރުން ސްޓާ ފްރުޓަކީ ވިޓަމިން ސީ ލިބިގަތުމަށް ވަރަށް ރަނގަޅު ވަސީލަތެއް ކަމަށާއި ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ވެސް ލިޔެފައިވެއެވެ.

 "ޕިންކް ސޯލްޓްގެ އެތިކޮޅެއް ބުރުއްސާލުމުން އޭގެ ރަހަ އިތުރަށް މީރުވެގެންދޭ،" އޭނާ ބުނެފައިވެއެވެ.

ތަރިއެއްގެ ބައްޓަމަށް ހުންނަ ސްޓާ ފުރުޓް ގައި ލަނީ ފޮނި ހުތް ރަހައެކެވެ. މޭވާގެ ބޭރު ތޮށިގަނޑަކީ ވެސް ކެވޭ އެއްޗެކެވެ. ހެލްތްލައިން.ކޮމް ގައިވާ ގޮތުން އެ މޭވާ ކެއުމަށް ތިރީގައިވާ ކަންތައްތައް ކުރަން ޖެހެއެވެ.

 1. ދޮންވެ ފައްކާވެފައި ހުރިތޯ ޔަގީން ކުރާށެވެ. އެއީ ބޭރުގައި ކުޑަކޮށް ފެހި ކުލަ ހުންނަ ރީނދޫ މޭވާ އަކަށް ވާން ޖެހޭނެއެވެ.   

 2. މޭވާ ކެއުމުގެ ކުރިން ދޮވެލާށެވެ.    

 3. މެވާގެ ކޮޅުތައް ކަނޑާލާށެވެ.

 4. މޭވާ ކޮށާލާށެވެ.

 5. ކެއުމުގެ ކުރިން އޭގެ އޮށްތައް ނަގާލާށެވެ.

ސެލެޑް ރީތި ކޮށްލުމަށް ސެލެޑްގެ ތެރެއަށް މި މޭވާ އެއްކޮށްލެވިދާނެއެވެ. ނުވަތަ މި މޭވާއިން ޖޫސް ވެސް ތައްޔާރު ކޮށްލެވިދާނެއެވެ.

50%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް