ads
މިދިޔަ އަހަރުގެ ރިޔާސީ ބަޔާން ފެބްރުއަރީ ތިން ވަނަ ދުވަހު ހުށަހަޅުއްވަނީ
އެންމެ ފަހުގެ ރިޔާސީ ބަޔާނަށް ނަޒަރެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް‏، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީބަޔާން އިއްވަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ރިޔާސީބަޔާން އިއްވަވާނީ، މިއަދު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބާއްވާ އެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.

މި އަހަރުގެ ރިޔާސީ ބަޔާން މިއަދު އިއްވާއިރު، މި ބަލާލަނީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގެ މައިގަނޑު ޚުލާސާއަކަށެވެ. ދެހާސް އެކާވީސްވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިއްވި ރިޔާސީ ބަޔާނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ކޮވިޑުގެ ހާލަތު އޭރު އޮތް ގޮތުން، އިގްތިސާދީ ގޮތުން އަލުން ކަންކަން ތަރުތީބު ކުރެއްވުމުގައި ސަރުކާރުން ގެންގުޅުއްވި ވިސްނުންފުޅުތަކާއި އަދި އެހެންވެސް ގައުމުގެ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުން

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ، އަވަސް މުސްތަޤުބަލެއްގައި އެ ނުރައްކަލުން ދިވެހި ދީބު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތަކާއި ކުރިއަށް ރާވާފައިވާ މުހިންމު މަސައްކަތްތަކުގެ ޚުލާސާއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ދުވަހު ދެއްވިއެވެ. ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީފައި ވަނީ ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ޤާބިލްކަން އިތުރުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ތިން މަސްދުވަހަށް ފަހު ބޯޑަރު ހުޅުވައިލެވުނީ، ކޮވިޑާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުން. އަދި މި ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެކުލަވައިލި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރި ބުރަ މަސައްކަތްތަކާއި، ޓެކްނިކަލް އެޑްވައިޒަރީ ޓީމުން ނިންމި ހަރުދަނާ ނިންމުންތަކާއި، މިބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންނާއި އެހެނިހެން ބޭފުޅުންގެ ބުރަ މަސައްކަތުންކަން، އަޅުގަނޑު މިމަޤާމުގައިވެސް ޝުކުރެވިކަމާއެކު ފާހަގަކުރަން

your imageރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އިޖުތިމާޢީ މައްސަލަތައް، ދެމެހެއްޓެނިވި ތަރައްޤީ އަދި ތިމާވެށި 

މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޖުތިމާޢީ މައްސަލަތައް ހައްލުކޮށްދީ، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވި ވިސްނުން ހާމަކޮށްދެއްވާފައެވެ. މިގޮތުން، ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތުގައި ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އަނެއް ގޮންޖެހުމަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖްކޮށް، ނައްތައިލުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަން ދާއިމީ ގޮތެއްގައި ޙައްލުކުރުމަށްޓަކައި، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަސީލަތްތައް މިއަންނަނީ ތަރައްޤީކުރަމުން. މިދާއިރާއިން ކުރިއަށްއޮތް ތަނުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށު ފެންވަރުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް، ކުނިން މަންފާ ހޯދޭނެ ނިޒާމެއް ޤާއިމްކޮށްދިނުމަށް

ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން އިޖްތިމާޢީ މައްސަލަތައް މަދުކޮށް ރައްކާތެރި އަމާން މާހައުލެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލިއަޅުއްވައިލައްވާފައެވެ.

ތަރައްޤީ ލާމަރުކަޒުކުރުން، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުން 

ވަކިވަކި އަތޮޅުތަކަކާއި ރަށްތަކެއްގެ މައްޗަށް ބިނާވެފައި އޮތް މި ކުޑަކުޑަ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޙައްޤުވާ ތަރައްޤީ ގެނެސްދެވޭނީ ލާމަރުކަޒީ ނިޒާމެއްގެ ދަށުންނެވެ. ތަރައްޤީ ލާމަރުކަޒު ކޮށްގެންނެވެ. ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ހޯދޭނެ އިންތިޒާމުތައް ހަމަޖައްސައިދީގެންނެވެ. ދަތުރުފަތުރުކުރުމުގެ ހަރުދަނާ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލައިގެންނެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ބަޔާންކޮށްދެއްވެވި ތަޞައްވުރެވެ. އަދި، މި ކަންކަން ޙަޤީޤަތަކަށް ހެދުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ގޮސްފައިވާ ހިސާބާއި، ކުރިއަށް ރާވާފައިވާ ކަންކަން އެ މަނިކުފާނު ހާމަކޮށްދެއްވިއެވެ.

ތަރައްޤީ ލާމަރުކަޒުކުރުމުގެ ނާރެހަކީ، ވަޔާއި ކަނޑުމަގުން ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމަކުން ރަށްތަކާއި އަތޮޅުތައް ގުޅައިލުމެވެ. މި މަސައްކަތުގެ ދަށުން، މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ހއ. ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީކޮށް، ހުޅުވައި، ޚިދުމަތްދޭން ފަށާފައެވެ. ކުރިއަށް އޮތީ، މިފަދަ އިތުރު ފަސް އެއަރޕޯޓެއް ތަރައްޤީކޮށް، ވައިގެ ދަތުރުފަތުރު ކުރުމުގެ ވިއުގަ އިތުރަށް ފުޅާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް