ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ވެކްސިން ޖެހުމުގައި ރާއްޖެ ހޯދާފައިވަނީ ފަހުރުވެރި ކާމިޔާބީއެއް: ރައީސް
ކޮވިޑް-19 ގެ އާލަމީ ވަބާއިން އަރައިގަތުމަށް ކުރަމުުންދާ އެންމެ ބޮޑު މަސައްކަތް ކަމަށްވާ ވެކްސިން ޖެހުމުގައި ދިވެހި ރާއްޖެއިން ހޯދާފައި ވަނީ ފަހުރުވެރި ކާމިޔާބީއެއް ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއްވަމުން ރައީސް ވިދާޅުވީ  2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އަސަރު މި ދިވެހި ރާއްޖެއަށް ވެސް ކޮށްފައި ވާކަމަށެވެ. އަދި މި ވަބާއަށް އަލިކަމެއް ގެނެސް ދިން ސައިންޓިފިކް ވަސީލަތަކީ ވެކްސިން ކަމަށް ވާއިރު، ރާއްޖޭގައި ހަމަ ހަމަ ކަމާއި އެކު ވެކްސިން ހުރިހާ ފަރާތްތަކަށްވެސް ދެމުން އަންނަ ކަމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. 

"އެ ބަނަކަމަށް އަލިކަމެއް ގެނެސްދިން ސައިންޓިފިކް ވަސީލަތަކީ ވެކްސިން. ދޭސީއެއް ބިދޭސީއެއް ނެތި، ހަމަހަމަ ކަމާއެކު މުޅިރާއްޖެއަށް ވެކްސިން ފޯރުކޮށްދިނިން. ވެކްސިން ޖެހުމުގާ ހާސިލުކުރެވިފާ މިވަނީ ދުނިޔޭގެ ނިސްބަތުން ބޮޑު ކާމިޔާބީއެއް. އަދި ބޫސްޓާ ޑޯޒްގެ ފުރުސަތުވެސް ވަނީ މިހާރު އެންމެނަށް ހުޅުވާލާފަ." ރައީސް ސޯލިހު ވިދާޅުވިއެވެ.

 

ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަކީ ގިނަ ބައެއްގެ މިންނެތް މަސައްކަތް ކަމަށާއި، އޭގެ ތެރޭގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކުގެ ކުންފުނިތައް ފާހަގަ ކޮށްލެވޭ ކަމަށެވެ. އަދި ސިވިލް ސާވިސްގެ މުވައްޒަފުންނާއި ސިފައިންނާއި ފުލުހުންގެ އިތުރުން ޔުނީފޯމް އެޅި މުއައްސަސާތަކުގެ މަސައްކަތް ފާހަގަ ކޮށްލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވީ، އެންމެ ކުޑަ ސިއްހީ މަރުކަޒުގެ އެޓެންޑެންޓުން ފެށިގެން އެންމެ ބޮޑު ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ޑޮކްޓަރާ ދެމެދުގެ ހުރިހާ މުވައްޒަފުންގެ ގުރުބާނީ މިވަބާއިން ސަލާމަތް ވުމަށް ގައުމަށް ލިބިފައި ވާކަމަށާއި، މިކަމުގާ އެކުވެރި ބައިނަލް އަގުވާމީ ގުޅުންތަކާ ޖަމިއްޔާތަކާ އަވަށްޓެރި ގައުމުތަކުގެ ދައުރު ފުޅާ ކަމަށް ވިދާޅުވިއެވެ.

އަދި މިކަމުގެ ހައްގު ޝުކުރު ހައްގިވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ކަމަށާއި، އަމިއްލަ މަސްލަހަތު ދޫކޮށްލާ ގައުމުގެ މަސްލަހަތު ދިވެހިން އިސްކޮށްފައި ވާކަމަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް