ads
ރައީސް ސާޅިހު ރިޔާސީ ބަޔާން ހުށަހަޅުއްވަނީ
ޖޫން މަހު މާލޭގެ ރަށްވެހިންނަށް ގޯތި ކަނޑާފައި ދޭނަން: ރައީސ
މާލޭ ސަރަހައްދުން 5000 ގޯތި ދިނުމަށް ރައީސް ނިންމަވައިފި
މާލޭ ސަރަހައްދުން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް އަންނަ ޖޫން މަހު ގޯތި ކަނޑާފައި ދެއްވާނެކަމަށް ރައީސް ސާލިހު ވިދާޅު ވެއްޖެ އެވެ.
Advertisement

ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންގެތެރެއިން އެންމެ ބޮޑަށް ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ހުޅުމާލެއް މަދުވެގެން 1000 ކަނޑާފައި ދެއްވާނެކަމަށާއި އަދި ގުޅިފަޅުން 2000 ގޯތި ދޭނެ ކަމަށެވެ. އަދި ގިރާވަރުފަޅު ހިއްކުމަށް ފަހު އެތަނުންވެސް 2000 ގޯތި ދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކުރެވުނު ކަންތަކަށް ވުރެ ގިނަ ވާހަކަ އަބަދުވެސް ދައްކާ ކަމަށާއި، އެކަމުގެ އިހުސާސްވެސް ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ވާހަކަ ދެއްކުން މަދުކޮށް މާލޭގެ ރައްޔިތުންނަށް މި އަހަރު ތެރޭ ގޯތި ދިނުމަށް ނިންމާފައި ވާކަމަށެވެ. 

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ދެންނެވި 5,000 ހައުސިން ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި މިހާރު ކުރިއަށް ދާކަމަށާއި، އަދި އިތުރު 2,000 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭގާ ފެށޭނެ ކަމަށެވެ.

"އަދި މީގެއިތުރުން މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށްވެސް އަޅުގަނޑު ނިންމައިފިން. އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި ، ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދޭނަން. މިމަސައްކަތް ތިޔަ ބޭފުޅުންނާއެކު މިއަހަރު ޖޫންގާ އަޅުގަނޑު ފަށާނަން." އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް، ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށާއި، ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އާއި ގުޅުވާލެވޭނެ ތަނެއް ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް