ads
ރިޔާސީ ބަޔާނުގައި ރައީސް ވާހަކަދައްކަވަނީ
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިނާޔަތް ބޮޑުކުރަން ނިންމައިފިން: ރައީސް
ދިވެހި ރާއްޖޭގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަަކަށް ސަރުކާރުން ކުރިން ދެމުން އައި އިނާޔަތް ބޮޑު ކުރުމަށް ނިންމާފައި ވާކަމަށް ރައީސުލުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވަނީ ގިނަ ބައެއްގެ ދިރިއުޅުމާއި ގުޅިފައިވާ ގިނަ ކަންކަން ހައްލު ކޮށްދެއްވުމަށް ނިންމާފައެވެ. 

އެމަނިކުފާނުގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން އަންނަ ކަންކަމުގެ މައްޗަށް އަލި އަޅުއްވާލައްވަމުން ވިދާޅުވީ، މިއަދާއި ހަމައަށް ވެސް ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ބެހޭ ޖުމްލަ އަދަދު އެނގޭނެ ގައުމީ ފެންވަރުގެ ދަފްތަރެއް ނެތް ކަމަށާއި، އެހެން ނަމަވެސް މިހާރު އެފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ދަފްތަރު އެކުލަވާލެވުމުން އެ ފަރާތްތަކަށް ބޭނުންވާ ފަރުވާ އާއި ރީހެބިލިޓޭޝަން އަދި ތެރެޕީތައް ދިނުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ. 

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ދަފްތަރު އެކުލަވާލާ ނިމުނު ހާ އަވަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެމުން އައި އިނާޔަތް ބޮޑު ކުރަން ހަމަޖެހިފައި ވާކަމަށެވެ. 

"މިދަފްތަރު ނިންމާ މިއަހަރުގެ ފަހު ކުއާރޓާގާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑު ކުރުމަށް އަޅުގަނޑު ނިންމައިފިން. ގައުމިއްޔަތުގެ މައިވަންތަ އުނގުގާ ކޮންމެ ދިވެއްސަކީވެސް ކުޅެދޭ ހަމަހަމަ ދިވެހި ރައްޔިތެއް."

މިގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގާ ތިބޭ ކުދިންގެ ރައްކާތެރިކަމާ، ދެވޭ ހިދުމަތް ހަރުދަނާކޮށް އާއިލީ ވެށީގެ ބައްޓަން އެކުދިންނާ ކައިރި ކޮށްދޭންޖެހޭ ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގާ ކުދިން ބޭތިއްބުމުގެ ހުރިހާ އިންތިޒާމެއްވެސް އަލުން މުރާޖާކޮށް ހަރުދަނާ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް