ads
ރިޔާސީ ބަޔާނުގައި ރައީސް ވާހަކަދައްކަވަނީ
ޑްރަގާ ދެކޮޅަށް ރައީސްގެ ވަރުގަދަ އިންޒާރެއް!
ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުނމަސްތުވާ ތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ، މަސްތުވާ ތަކެތި އެތެރެ ކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
Advertisement

ރައީސް ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިއަކީ ބޮޑު ފަހަތެއް އޮންނަ، އިންތިޒާމްވެ ގުޅިގެން ހިންގާ ބައިނަލްއަގުވާމީ ބޮޑު ވިޔަފާރިއެއް ކަމަށާއި އެ ދޮރުތައް ބަންދުކޮށް އެ ވިޔަފާރި ހުއްޓުވުމަކީ އިންތިހާއަށް ގޮންޖެހުން ބޮޑު ކަމެއް ކަމަށެވެ. 

އެހެން ނަމަވެސް ރާއްޖެއަށް ދިމާވެފައިވާ މި ވަބާއިން ގައުމު ސަލާމަތް ކުރުމަށް ދިވެހި ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން މަސައްކަތް ކުރައްވާނެ ކަމަށާއި، މިކަމުގައި ޝާމިލްވާ ފަރާތްތަށް ހޯދާ ގާނޫނު އަސާސީއާއި އެއްގޮތް ވާގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، އަދުގެ ސަރުކާރުން މިހާރުވެސް މަސްތުވާ ތަކެއްޗާއި ދެކޮޅަށް ހާއްސަ އޮޕަރޭޝަން ތަކެއް ކުރިއަށް ގެންދަވާ ކަމަށާއި، އެގޮތުން މިދިޔަ ތިން އަހަރަކީ ރާއްޖޭގެ ތާރީހުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ކަންކަން އެންމެ ހަރުދަނާކޮށް ކުރެވުނު ތިން އަހަރު ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"މަސްތުވާ ތަކެއްޗާ ދެކޮޅަށް ރާއްޖޭގެ ފުލުހުންނާ، ކަސްޓަމްސް އާ ކަމާގުޅޭ މުއައްސަސާ ތަކުން ކާމިޔާބީއެއް ހޯދީ މިދިޔަ ތިން އަހަރު. ތަފާތު 330 އޮޕަރޭޝަނަކުން ޖުމްލަ 1.3 ޓަނަށްވުރެ ގިނަ ޑްރަގް ވަނީ އަތުލާ ގަނެފަ. މި ތަކެތީގެ މަގުމަތީ އަގު 1.2 ބިލިއަން ރުފިޔާއަށް ވުރެ ގިނަ."

މީގެ އިތުރުން ރައީސް ވިދާޅުވީ، މަސްތުވާތަކެއްޗާއި ގުޅުންހުރި ކުށްކުރާ ފަރާތްތަކުގެ ފަރުވާއަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން އަމިއްލަ ރަށުގައި ހުރި ފަރުވާ ލިބޭނެ ނިޒާމް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ދާނީ ރަށު ކައުންސިލާއި ސިއްހީ މަރުކަޒުގެ ބެލުމުގެ ދަށުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

"60 މީހުންގެ ޖާގައިގެ މިމަރުކަޒުން ފަރުވާ ފަށައިގަތުމުގެ ފަހުގެ ތައްޔާރީތަށް މިހާރު ދަނީ ހިނގަމުން. ޖަލުގައި ބަންދު ކުރެވިފައިވާ ޤައިދީން ނަށް އަމާޒުކުރެވޭ މުޅިން އާ ރީހެބިލިޓޭޝަން ޕްރޮގްރާމެއް މިފެބްރުވަރީ މަހު ފެށޭނެ."

މީގެ އިތުރުން، އައްޑޫ ސިޓީ ހުޅުމީދޫގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް މިހާރު ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް