ads
އަދުރޭ-
މިއަދު ރައީސް ސޯލިހު އިއްވެވި ރިޔާސީ ބަޔާނަކީ ހުވަފެނެއް: އަދުރޭ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ ހަގީގަތެއް ނެތް ހުވަފެނީ ބަޔާނެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ވަނީ ގިނަ ކަންކަން ކޮށްދިނުމަށް ސަރުކާރުން ނިންމަވާފައި ވާކަން އިއުލާން ކުރައްވާފައެވެ. އޭގެ ތެރެއިންވެސް ޓީޗަރުންގެ މުސާރަ ބޮޑު ކޮށްދިނުމާއި، މާލޭގެ ރަށްވެހިންނަށް ގޯތި ދޭނެ ކަމަށް ވިދާޅުވި ވާހަކަފުޅު ފާހަގަ ކޮށްލެވެއެވެ. 

މީގެ އިތުރުންވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެމުން އައި އިނާޔަތް ބޮޑު ކުރަން ނިންމަވާފައި ވާކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. 

މިއަދު ރައީސް ސޯލިހު އިއްވެވި ރިޔާސީ ބަޔާނާއި ގުޅިގެން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ގިނަ ބަޔަކު އަންނަނީ އެބަޔާނަށް ފާޑު ކިޔަމުންނެވެ. އަދި ރިޔާސީ ބަޔާނަކީ އެއްވެސް އޮށްޓަރެއް ހުރި ރިޔާސީ ބަޔާނެއް ނޫން ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މި ބަޔާނާއި ގުޅިގެން ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ސޯލިހުގެ ރިޔާސީ ބަޔާނަކީ ހިޔާލީ ހުވަފެނެއް ކަމަށާއި، އޭގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ. އަދި މުޅި ބަޔާން ބައްޓަންކޮށްފައި ވަނީ ރައިސް ސޯލިހުގެ ރިޔާސީ އިންތިާބާއި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކަމަށް އަދުރޭ ވިދާޅުވިއެވެ. 

މީގެ އިތުރުން އަދުރޭ ވިދާޅުވީ، ގައުމުގެ އަސްލު ހާލަތުވަނީ ރައްޔިތުންނަށް އޮޅުވާލާފައި ކަމަށާއި، މިއަދު ފެންނަނީ ރައީސް ސޯލިހު ވާނުވާ ނޭނގި ގޮތްހުސްވެ ހާސްވެފައިވާ މިންވަރު ކަމަށެވެ. 

މި ބަޔާނަށް ފާޑުވިދާޅުވަމުން ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ރީތިގޮތަކަށް ލިޔެ ބަޔާނެއް އިއްވި ދާނެ ކަމަށާއި، އަދި ޕާޓީގެ މެމްބަރުން ލައްވާ އެބޭފުޅުންގެ ކޮނޑު ހުޅު ނެއްޓެންދެން އަތްތިލަބަޑި ޖެހިދާނެ ކަމަށެވެ. 

އެހެން ނަމަވެސް މީގެ ކުރިން އިއްވި ބަޔާންތަކުގައި ކުރައްވަން ރައީސް ސޯލިހު ވިދާޅުވި ކަންކަމުގެ ތެރެއިން ހާސިލްވި ވަރު ހާމަކުރައްވަން ނުކެރުނީ ކީއްވެތޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި ގައުމުގެ ދަރަނި 100 ބިލިއަން ރުފިޔާއިން މައްޗަށް ގޮސްފައި ވާކަމަށާއި، ފާއިތުވި ތިން އަހަރު ތެރޭ އެކަނިވެސް 48 ބިލިއަން ރުފިޔާގެ ދަރަނި މި ސަރުކާރުން އުފައްދާފައި ވާކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ރިޔާސީ ބަޔާނުގައި ފާއިތުވި އަހަރު ސަރުކާރުން ހާސިލް ކުރި ކަންކަމާއި ފާއިތުވި އަހަރުގެ ރިޔާސީ ބަޔާނުގައި ކުރައްވަން އިއުލާން ކުރެއްވި ކަންކަމުގެ ތަފްސީލް ހާމަ ކުރައްވަން ޖެހެއެވެ. އެހެން ނަމަވެސް އެ ތަފްސީލްތައް ހާމަ ނުކުރައްވާ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން އަންނަނީ ރައީސް ސޯލިހު އަށް ފާޑުވިދާޅުވަމުންނެވެ. 

މިއަދު ހެނދުނު ކުރިއަށް ދިޔަ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި އިދިކޮޅި ކޯލިޝަންގެ އެއްވެސް މެމްބަރަކު ބައިވެރިވެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް