ads
އައު އިންޖީނުގެ ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަދައްވަނީ
ފޯކައިދޫގެ ބާ އިންޖީނުގެ ނިއްވާލާ ޒަމާނީ އިންޖީނުގެ ރައީސް ހުޅުއްވައިދެއްވައިފި
ށ. ފޯކައިދޫގެ 26 އަހަރުވީ އިންޖީނުގެ ނިއްވާލާ ސަރުކާރުން އިމާރާތްކުރި އައު އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހުޅުއްވައިދެއްވައިފި އެވެ.

މި ރަސްމިއްޔާތު އޮތީ ރޭ ފޯކައިދޫ ފެނަކަ އޮފީހުގަ އެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފެނަކައިން މިހާތަނަށް 39 ރަށެއްގެ އާ އިންޖީނުގެ ބަހައްޓާ ނިންމާފައިވާކަމަށާއި އިތުރު 31 ރަށެއްގައި އާ އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރަމުންދާކަަމަށެވެ.

ރައީސް ވަނީ ފެނަކައިގެ އެމްޑީ އާއި ފެނަކައިގެ މުވައްޒަފުންނަށް ތައުރީފުވެސް ކުރައްވާފަ އެވެ. އެގޮތުން ރަށްތަކަށް މިހާ އަވަހަށް ފެންވަރު ރަނގަޅު ވަސީލަތްތަކާ އެކު ކަރަންޓް ދެވެމުން ދަނީ ފެނަކައިގެ ބުރަ މަސައްކަތުން ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ އެ ކުންފުނިން މިހާރު އަޅަމުންދާ އިންޖީނުގެތަކަކީ އަދި ޑިސްޓްރިބިއުޝަން ނެޓްވޯކްތަކަކީ ކުރިއަށް އޮތް 50 އަހަރަށް ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ ތަންތަން ކަމަށެވެ. 

ފޯކައިދޫ އާ އިންޖީނުގޭގައި 1.5 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށާއި ފޯކައިދޫގައި ކަރަންޓުގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އާކުރުމަށް 3،000 މީޓަރުގެ ކޭބަލް ވަޅުލައި ހަތަރު ޓްރާންސްފޯމަރު ބަހައްޓާ ހައިވޯލްޓޭޖު ވިއުގަ އަކަށް ވަނީ ބަދަލުކޮށްފައި ކަމަށް ސައީދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް