ads
ފޮޓޯ: އުރީދޫ
ހިއްސާއަކަށް 2.7ރ ބަހަން އުރީދޫގެ ބޯޑުން ނިންމައިފި
މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް 2.7ރ ބަހާގޮތަށް އާންމު ޖަލްސާގައި ހުށަހެޅުމަށް އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެކުންފުނީގެ ބޯޑުން ބޭއްވި ބައްދަލުވުމުގައ ވަނީ އެކުންފުނީގެ މާލީ ބަޔާންވެސް ފާސްކޮށްފަ އެވެ. އުރީދޫއަށް 2021 ވަނަ އަހަރު އާމްދަނީއެއްގެ ގޮތުގައި ވަނީ 1.7 ބިލިއަން ރުފިޔާ ލިބިފަ އެވެ.

ބޯޑުން ނިންމި ނިންމުން މާޗް މަހުގައި އޮންނަ އެކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެ އެވެ. އަދި މި ހުށަހެޅުމަށް ހިއްސާދާރުންގެ މެދުގައި ވޯޓެއް ނެގޭނެ އެވެ.

އުރީދޫން ބުނެފައިވަނީ ހިއްސާގެ ފައިދާ ބަހާނީ މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން  ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންގެ މެދުގައި ކަމަށެވެ. އަހަރީ އާންމު ޖަލްސާ ބާއްވާނެ ދުވަހެއް އަދި އިއުލާންކޮށްފައި ނުވާ އިރު އެޖެންޑާ އައިޓަމްތަކަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އުރީދޫ އިން ބުނެފައިވަނީ ބޯޑުން ފާސްކުރި މާލީ ބަޔާންތައް މާޗް އަށެއްގައި އާންމުކުރާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް