ads
ގދ. ހޯނޑެއްދޫ---
ހޯނޑެއްދޫ ހިމެނޭހެން 38 ރަށެއް މޮނީޓަރިންގެ ހާލަތުގައި
ކޮވިޑް-19 ގެ ބަލުމަޑުކަން ރަށުތެރޭ ފެތުރި ގިނަބަޔަކު ބައްޔަށް ޕޮޒިޓިވްވާން ފެށުމުން، ގދ. ހޯނޑެއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭއިން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، މިއަދު އިރުއޮއްސި 18:59 ގައެވެ. މިހާތަނަށް އެރަށުން ބައްޔަށް 60 އަށް ވުރެ ގިނަ މީހުން އެކްޓިވް ކޭސްތަކުގެ ގޮތުގައި އެބަތިއްބެވެ. 

އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައުމާއި، ގުޅުގެން އެޗްޕީއޭގެ ހުއްދަ ނުހޯދާ ރަށަށް އަރާ ފޭބުން މަނާ ވާނެ އެވެ. 

ހޯނޑެއްދޫގެ އިތުރުން އެޗްޕީއޭއިން މިއަދު ވަނީ ތ. ވިލުފުށި އަދި ގދ. ފިޔޯރީވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. 

ފަހަކަށް އައިސް ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި މިކަމާއި ގުޅިގެން ރާއްޖޭގެ 38 ރަށެއް އެޗްޕީއޭއިން ވަނީ މޮނީޓަރިންގެ ހާލަތަށްވެސް ގެނެސްފައެވެ. 

މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ރަށްތައް:

1 ކ. މާފުށި

2 ހއ. އިހަވަންދޫ

3 ހދ. ނޮޅިވަރަންފަރު

4 ށ. ފުނަދޫ

5 ދ. ބަނޑިދޫ

6 ލ. ގަން

7 ގދ. ގައްދޫ

8 ރ. އުނގޫފާރު

9 ހދ. ހަނިމާދޫ

10 ކ. ގުރައިދޫ

11 ބ. އޭދަފުށި

12 ހއ. ދިއްދޫ

13 ތ. ގުރައިދޫ

14 ބ. ގޮއިދޫ

15 ޅ. ކުރެންދޫ

16 ހދ. ކުޅުދުއްފުށި

17 ލ. ދަނބިދޫ

18 ލ. ހިތަދޫ

19 ށ. ކަނޑިތީމު

20 ވ. ކެޔޮދޫ

21 ނ. ކުޑަފަރި

22 ގދ. ތިނަދޫ

23 ގދ. މަޑަވެލި

24 އދ. މަހިބަދޫ

25 ދ. ކުޑަހުވަދޫ

26 ދ. ހުޅުދެލި

27 ގދ. ވާދޫ

28 ށ. މިލަންދޫ

29 ގއ. ކޮލަމާފުށި

30 ނ. މާޅެންދޫ

31 ބ. ކެންދޫ

32 ރ. ކިނޮޅަސް

33 ބ. ތުޅާދޫ

34 ރ. އިނގުރައިދޫ

35 ހދ. ވައިކަރަދޫ

36 ތ. ވިލުފުށި

ގދ. ފިޔޯރީ

ގދ. ހޯނޑެއްދޫ

އެޗްޕީއޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިހާތަނަށް މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ، 146،991 އަށް އަރާފައެވެ. އޭގެތެރޭގައި އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި 1955 މީހުންވެސް ހިމެނެއެވެ. 

އިއްޔެ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުން 599 މީހަކާއި، އަތޮޅު ތެރޭގެ ރަށްތަކުން 875 މީހެއްގެ އިތުރުން ރިޒޯޓު ތަކުން، 78 މީހެކެވެ. 

ރާއްޖެއިން ކޮވިޑް ބަލީގައި މިއަދު އިތުރު މީހަކުވެސް ވަނީ މަރުވެފައެވެ. އެޗްޕީއޭ އިން ބުނީ ކޮވިޑްގައި މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި، އެ މީހާ މަރުވީ މިއަދު ހަވީރު 3:36 ގައެވެ.  

މިއީ މިބަލީގައި ރާއްޖެއިން މަރުވި 281 ވަނަ މީހާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް