ads
އައްޑޫސިޓީ..
ގޮހޮރު ބުރިވި މީހާގެ މައްސަލަ ބަލާނަން: ހެލްތު މިނިސްޓްރީން
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި އަންހެނެއްގެ ގޮހޮރު ބުރިވި މައްސަލަ ބަލާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިހާދިސާގައި އެމީހާގެ ހާލު ސީރިއަސްވެ މިހާރު، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. 

ހެލްުތު މިނިސްޓްރީން ބުނީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި، އެ ހިތާމަވެރި ހާދިސާ ހިނގާދިޔަގޮތް މިހާރު ބަލަމުން ގެންދާ ކަމަށެވެ. 

ސޯޝަލް މީޑިއާގައި އެމީހާއަށް ބޮޑުދައިތަ ކިޔާ މީހަކު ބުނެފައިވަނީ، ސިޒޭރިއަން ހެދުމަށްފަހު އޮޕަރޭޝަން ކާމިޔާބު ކަމަށް ޑޮކްޓަރު ބުނެފައިވާކަމަށާއި އެހެންނަމަވެސް ބޮޑުދައިތަގެ ހާލު ރަނގަޅުވަމުން ނާންނަ ކަމަށެވެ. ސިޒޭރިއަން ހަދާފައިވަނީ މިދިޔަމަހުގެ 23 ވަނަ ދުވަހުއެވެ.

މިކަމާގުޅިގެން އައްޑޫ ހޮސްޕިޓަލުން ފޯނަށް ޖަވާބުދީފައި ނުވާތީ އެ ހޮސްޕިޓަލުގެ ބަހެއް ލިބޭ ގޮތަވަނީ ނުވެފައެވެ. 

ހެލްތު މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އެ ހޮސްޕިޓަލަކީ މިނިވަން ބޯޑެއްގެ ބެލުމުގެ ދަށުން ހިންގޭ ހޮސްޕިޓަލެއް ކަމަށާއި، ހެލްތް މިނިސްޓްރީ އަކީ ރާއްޖޭގެ ސިއްހީ ނިޒާމް ރެގިއުލޭޓް ކުރުމުގެ ޒިންމާ ހަވާލު ކުރެވިފައިވާ ފަރާތް ކަމަށް ވުމާއި އެކު އެމައްސަލަ ބަލާނެ ކަމަށެވެ. 

ބަލިމީހާ މާލެއަށް ގެނެސް އޭޑީކޭއަށް ދެއްކުމުން އެނގުނީ ވަރަށް ބޮޑަށް އިންފެކްޓް ވެފައިވާ ކަން ކަމަށާއި، ވަރަށް ގިނައަދަދަކަށް ދޮސް އުފެދިފައިވާ ކަމަށްވެސް އާއިލާގެ ފަރާތުން ބުނެއެވެ. އެހެން ނަމަވެސް އައްޑޫ ހޮސްޕިޓަލުން ބުނަމުން އައީ ބަލިމީހާ ސްޓޭބަލް ކަމަށް ވެސް އާއިލާއިން ބުނެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް