ކައުންސިލް ރައީސް "ސީއެންއެމް" އަށް ވިދާޅުވީ ބަނދަރަކީ ކުރިންވެސް އޮންނަ ބަނދަރެއް ކަމަށާއި، މިހާރު ބަނދަރުގެ 300 ފޫޓް ބޮޑު ކުރަނީ ކަމަށެވެ.
އެމްޓީސީސީން މިއަދު ބުނީ އެމަޝްރޫއުގެ 66 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
އަދި 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 1380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.