ads
އެމްޑަބްލިއުއެސްސީ---
ފެންކުންފުނިން ހުށަހެޅި މައްސަލައިގައި ހައިކޯޓުގެ ހުކުމް ގާނޫނާ ހިލާފް: ސުޕްރީމް ކޯޓް
އިންފޮމޭޝަން ކޮމިޝަނަަރާ އާ ދެކޮޅަށް ހައިކޯޓުގައި މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އިސްތިއުނާފް މައްސަލައިގައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ފެން ކުންފުނިން މައްސަލަ އިސްތިއުނާފްކުރީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ހައްގު ގެއްލޭ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއިން ނިންމަވާފައިވާތީ އެވެ.

އެ ނިންމުން އިސްތިއުނާފުކުރުމުގެ ގޮތުން އެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ މިއަދު ހުކުމް ކުރައްވާފައެވެ.
އެގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލައިގައި އެ ކޯޓުން ހުކުމްކުރައްވާފައިވަނީ، ފެންކުންފުނިން ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، އެ މައްސަލަ އިސްތިއުނާފުން ބެލުމުގެ އިހްތިސާސް ގާނޫނުން ހައި ކޯޓަށް ލިބިދީފައިނެތް މައްސަލައެއް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. 

ހައި ކޯޓުގެ ހުކުމް ބާތިލްކަމަށް ކަނޑައަޅުއްވައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލަތަކަކީ އެ މާއްދާގެ ސަރީޙަ އިބާރާތުން ދިވެހިރާއްޖޭގެ ހައި ކޯޓަށް އިސްތިއުނާފުން ބެލުމުގެ އިހްތިސާސް ލިބިދީފައިވާ މައްސަލަތަކެއް ކަމަށް ކަނޑައަޅުއްވައި، އެ މައްސަލަ އަލުން ބެލުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލަ ތަހުލީލުކޮށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅުއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް