މަންޒަރުދުށް މީހަކު ސީއެންއެމް އަށް ބުނީ، މިރޭ 22:00 ހާއިރު، ވެސްޓު ޕާކު ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެމަގުން އައި ކާރެއްގައި ޖެހިފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާގެ އިތުރު ސައިކަލް ދުއްވަން އިން މީހާއަށް ވެސް ބޮޑެތި އަނިޔާތަކެއް ވެފައި ވާކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މަންޒަރުދުށް ފަރާތުން ބުނީ ސައިކަލް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި، ކާރުގެ ކުރިމައްޗަށް ވެސް ވަރަށް ބޮޑަށް ގެއްލުން ވެފައިވާކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ވެސް ފަރުވާ ދިނުމަށް މިހާރު ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ހާދިސާއާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.