ads
މެކްސިކޯގައި މިއަހަރުގެ މިހާތަނަށް 5 ނޫސްވެރިން މަރާލާފައިވޭ
މެކްސިކޯގައި 2021ގައި 7 ނޫސްވެރިން، މިއަހަރު މިހާތަނަށް 5 ނޫސްވެރިން މަރާލައިފި
މެކްސިކޯގައި ނޫސްވެރިންނަށް މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް އަހަރު ކަމަށްވާ 2022 ވަނަ އަހަރު ފަސް ނޫސްވެރިޔަކު މަރާލައިފިއެވެ.

މީޑިއާ ރައިޓްސް ގްރޫޕް އާޓިކަލް 19 ގެ ތަރުޖަމާނު ހުއާން ވަޒްކުއޭޒް އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ލެޓިން އެމެރިކާގެ ގައުމެއް ކަމަށްވާ މެކްސިކޯގައި ރިޕޯޓަރުން މަރާލަނީ "އެއީ އަގުހެޔޮ ބަޔަކަށް ވާތީ" އެވެ.

"އެންމެ ބޮޑު ރިސްކެއް ނަގައިގެން ކަންކަން ތިލަކުރާ މީހުންނަކީ ނޫސްވެރިން، އެމީހުންގެ ގަލަން، ކޮމްޕިއުޓަރު، ރެކޯޑަރު ނުވަތަ މައިކްރޯފޯން ހިފައިގެން ތިބި މީހުން. އެންމެ ރިސްކް ކުޑަ މީހުން ކަމަށް ފެންނަނީ ވަޒަން ދޫކޮށްލާ މީހުން" އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން އަނިޔާވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އޮކްސާކާ ސްޓޭޓްގެ ނިއުސް ވެބްސައިޓެއް ކަމަށްވާ ނޮޓިސިއާސް ވެބްގެ މެނޭޖަރު ހެބަރ ލޮޕޭޒް ވަޒްކުއޭޒް، 39، އަށެވެ.

ޕްރޮޒެކިއުޓަރުން ބުނާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

މީޑިއާ ވޮޗްޑޯގް ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)ގެ ރެޕްރެޒެންޓޭޓިވް ވިދާޅުވި ގޮތުގައި ލޮޕޭޒް އަށް މީގެ ކުރިން ވެސް އިންޒާރުތައް ލިބެމުން ދިޔައެވެ. އެއީ ލޯކަލް މޭޔަރެއްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅުން ހުރި ވާހަކަތައް ގެނެސްދޭތީއެވެ.

އެހެންނަމަވެސް 500 އެއްހާ ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދޭ ސަރުކާރުގެ ޕްރޮގްރާމްގައި އޭނާ ހިމަނާފައެއް ނުވެއެވެ.

މެކްސިކޯއިން 2021 ވަނަ އަހަރު މަރުވެފައިވަނީ 7 ނޫސްވެރިއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް