އެކުންފުނިން ބުނީ، އިންޓަނެޓް ހިދުމަތަށް ބުރޫ އަރަނީ އެ ކުންފުނީގެ ބައިނަލްއަގުވާމީ އައިއެސްޕީ ޕާޓްނަރުން ކުރިއަށް ގެންދާ އަޕްގްރޭޑްކުރުމުގެ މަސައްކަތަކާއި ގުޅިގެން ކަމަށެވެ.
އަދި އެމަސައްކަތް ވީ އެންމެ އަވަހަކަށް ނިންމުމަށް އައިއެސްޕީ ޕާޓްނަރުންނާއި އެކު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.
މިކަމުގެ ސަބަަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަކަށް އުރީދޫން ވަނީ މައާފަށް އެދިފަ އެވެ.
ދިރާގުގެ ކަސްޓަމަރުންނަށްވެސް ވަނީ މިދިޔަ ދެދުވަހު އިންޓަނެޓުގެ ހިދުމަތަށް ބުރޫ އަރާފައެވެ.