ads
މަޑިވަރު އެއާޕޯޓް
އަންނަ ހުކުރު ދުވަހު މަޑިވަރު އެއަޕޯޓުން ދަތުރުތައް ފަށަނީ
މިމަހުގެ 18 ވަނަ ދުވަހު ޅ. މަޑިވަރު އެއާޕޯޓް އަށް ކޮމާޝަލް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅިގެން މަޑިވަރު އެއާޕޯޓް އޮޕަރޭޓް ކުރުމަށް ހަވާލުކޮށްފައިވާ އައިލެންޑް އޭވިއޭޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިޝަތު ޖެނިފާ ވިދާޅުވީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ގޮތުން މިމަހުގެ 18 ވަނަ ދުވަހު އެ ކުންފުނީގެ މޯލްޑިވިއަންގެ ފްލައިޓެއް މަޑިވަރަށް ދަތުރުކުރާނެ ކަމަށެވެ. 

އަދި އެއަށްފަހު ޝެޑިއުލް ދަތުރުތައް ފަށާނެކަމަށާއި މަޑިވަރަށް ދަތުރުކުރާ އަގުތަކާއި ދުވަސްތައް މިއަދު ހާމަކުރާނެ ކަމަށެވެ. 

އެ އެއާޕޯޓްގެ މަސައްކަތް މުޅިން ނިންމާ އެއާޕޯޓްއަށް ޓެސްޓު ފްލައިޓް ޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. 

ކުރެއްދޫ ހޯލްޑިންގެ ފަރާތުން ތަރައްގީ ކޮށްފައިވާ މަޑިވަރު އެއާޕޯޓް ހިންގުމަށް ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގައެވެ.

މަޑިވަރު އެއާޕޯޓު 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. އެއެއާޕޯޓުގެ ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކުގެ އިތުރުން އެއާ ޓްރެފިކް ކޮންޓްރޯލު ޓަވަރުވެސް ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް