ads
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަސްރަތު ކުރާނެ ހަތަރު ގޮތެއް
ހުސްވަގުތަކީ އަހަރުމެންނަށް ދުވަހަކުވެސް ލިބޭ އެއްޗަކަށް ނުވެއެވެ. އެންމެ ކުރު ކަސްރަތެއް ކޮށްލުމަށްވެސް ބިޒީ ޝެޑިއުލްތަކުން ވަގުތެއް ހުސްކުރަން އެބަޖެހެއެވެ. ހާއްސަކޮށް ކަސްރަތުކުރާނެ ހިތްފަސޭހަ ގޮތްތަކެއް ނުފެނުމަކީ ވަރަށް ފަސޭހައިން މޯޓިވޭޝަން ގެއްލުވާލާ ކަމެކެވެ. ނަމަވެސް ކަސްރަތުކުރުމަށްޓަކައި އަހަރުމެންނަކީ ދުވަަހަކުވެސް ބިޒީ ބައެއް ނޫނެވެ. މީގެ އިތުރުން ކަސްރަތު ކުރެވޭނެ ހިތްފަސޭހަ އެތަކެއް ގޮތްތަކެއްވެސް އެބަ ހުއްޓެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ އެ މީހަކަށް ފަސޭހައިން ކަސްރަތުކޮށްލެވޭނެ ގޮތްތަކެއް ހޯދާލުމެވެ.

އެހެންކަމުން މި އާޓިކަލްގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފައިދާ ހުރި ގޮތަކަށް ކަސްރަތުކުރެވޭނެ ހަތަރު ގޮތަކަށް އަލިއަޅުވާލާނަމެވެ. 

ގޭގައި އުޅޭ ވަގުތުތަކުގައި ހިނގާށެވެ. 

ގޭތެރޭގައި ހިނގާލުމަކީ ކެލޮރީސް އަންދާލުމަށް ވަރަށް ރަނގަޅު ގޮތަކަށް ވެދާނެއެވެ. ގޭތެރޭ ކުނި ކެހުމާއި ވެކިއުމް ކުރުންފަދަ ކަންތައް ބަރާބަރަށް ކުރާށެވެ. އާއިލީ ކާރުތައް ދޮންނަން އެހެން ތާކަށް ގެންދިޔުމުގެ ބަދަލުގައި އަމިއްލައަށް ކާރު ދޮވެލާށެވެ. އަމިއްލަ ބަގީޗާ ގައި ގަސް ހެއްދުން ފަދަ މަސައްކަތްތައް ކޮށް އުޅޭށެވެ. އަދި ޓީވީ ބަލަން ނުވަތަ ލަވަ އަޑު އަހާ އިރުވެސް ހިނގާފައި އުޅެވިދާނެއެވެ. 

ކާރުގައި ތަންތަނަށް ދިޔުން ހުއްޓާލާށެވެ. 

ގެއާއި ނުވަތަ އޮފީހާއި ކައިރިން ޕާކު ކުރާނެ ތަނެއް ހޯދުމުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި ދުރުގައި ޕާކުކޮށްފައި ހިނގާފައި ދާން ބޭނުންވާ މަންޒިލަކަށް ދާށެވެ. ކާރުގައި ތަންތަނަށް ދިޔުމުގެ ބަދަލުގައި ހިނގާފައި ނުވަތަ ބައިސްކަލު ދުއްވާފައި ދާން ހިޔާރު ކުރާށެވެ. މީގެން މާ ބޮޑު ތަފާތެއް ނުފެނުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް ތިބާގެ އެކްޓިވިޓީ ލެވެލް އަށް ހޭލުންތެރި ވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއް މޭލު ދުރަށް ދާ ތަނަކަށް ހިނގާލާފައި ދެވޭ ނަމަ، ކާރުގައި ނުވަތަ ސައިކަލުގައި ދުއްވާފައި ދިޔުމުގެ ބަދަލުގައި ހިނގާފައި ދާށެވެ. މިފަދަ ކުދިކުދި ކަންތައްތަކުގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ސިއްހަތަށް ލިބިގެންދާނެއެވެ. 

ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. 

ދުވާލު ގަޑީގައި ކުރާ މަސައްކަތް ތަކަށް މާ ބޮޑަށް ސަމާލުކަން ދެވުމުގެ ސަބަބުން ކަސްރަތު ކޮށްލަން ހަނދާން ނެތެން މެދުވެރި ވެއެވެ. އެހެންކަމުން ކަސްރަތު ކުރުމަށް ހަނދާން ކޮށްދިނުމަށް އެލާމް ސެޓު ކުރާށެވެ. އަދި އެލާމް ސެޓު ކުރާ ޑިވައިސް ވީހާ ވެސް ދުރުގައި ބަހައްޓާށެވެ. އޭރުން އެ ނިއްވާލުމަށްޓަކައި ތެދުވެ ހިނގާލަން ޖެހޭނެއެވެ. މީގެ އިތުރުން، ކަލަންޑަރުގައި ފިޓްނަސް ޓައިމް ސްލޮޓްތައް ޝެޑިއުލްކޮށް، ޑިޖިޓަލް ރިމައިންޑާތައް ސެޓްކޮށް، އެއަށް އަމަލު ކުރުންމަތީ ދެމިހުންނާށެވެ. ކަސްރަތު ކުރާ ވަގުތާއި މިންވަރު އަންގައިދޭ ޓްރެކާއެއް ގަތުމަކީ ތިބާގެ ކުރިއެރުމުގެ ޓްރެކް ހިފެހެއްޓުމަށާއި މޯޓިވޭޓްވެފައި ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. 

މައްޗަށް އެރުމަށްޓަކައި ސިޑި ހިޔާރުކުރާށެވެ. 

ލިފްޓް ގެ ސަބަބުން ހިތުގެ ހިނގުން މަތިވެގެންދާ ނަމަވެސް އޭގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެގެނެއް ނުދެއެވެ. އެންމެ ފަންގިފިލާއަކަށް ނުވަތަ ދެވަނަ ފަންގިފިލާއަށް އެރުމަށް ނަމަވެސް ދެވޭ ނަމަ ސިޑިން ދާން އިސްކަންދޭށެވެ. އަދި އެސްކެލޭޓާއަށް އަރާ އޭގައި ހުރުމުގެ ބަދަލުގައި އޭގެން މައްޗަށް ދިޔުމަށް ވެސް ހިނގާފައި އުޅޭށެވެ. އޭރުންވެސް ފައިދާ ކުރަނިވި ފިޔަވަޅުތަކެއް އެޅިގެންދާނެއެވެ.  

ކަސްރަތުކުރާނެ ގޮތްތަށް ހޯދަން ފަށާނަމަ، ކޮންމެ ދުވަހަކު ވެސް އިތުރަށް ހަރަކާތްތެރިވެ، އިތުރު ފިޔަވަޅުތަކެއް އެޅޭނެ ގިނަ ގޮތްތަކެއް ހުރިކަން ފާހަގަ ވެގެންދާނެއެވެ. ކޮންމެ ފިޔަވަޅަކީ ވެސް ގުނާލެވޭ ފިޔަވަޅެއްކަން އަބަދުވެސް ހަނދާން ބަހައްޓާށެެވެ!

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް