ދިވެހި ލީގުގައި ގްރީން ސްޓްރީޓްސް ކުޅޭ ފުރަތަމަ މެޗަކީ ލީގުގެވެސް ފުރަތަމަ މެޗެވެ. ބުދަ ދުވަހު ހަވީރު ކުޅޭ މި މެޗުގައި ގްރީން ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ. މި މެޗުގައި ސާއިފަކަށް ނުކުޅެވޭނެއެވެ.
ގައުމީ ޓީމުގައިވެސް ހިމެނޭ ޒުވާން ޑިފެންޑަރު ސާއިފުއަށް އަނިޔާވީ ސައިކަލު އެކްސިޑެންޓެއްގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އަދި އަލުން އެނބުރި ކުޅުމުގެ ތެރެއަށް އަންނަން މަދުވެގެން ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ސާއިފުވަނީ ނިމިގެން ދިޔަ ޕްރެޒިޑެންޓްސް ކަޕުގައި މޮޅު ކުޅުމެއް ދައްކާފައެވެ.