ads
ކަދުރު: ނުކައި ދޫކޮށްލާވަރު އެއްޗެއް ނޫން!
މީގެ އެތައް ހާސް އަހަރެއް ކުރިން ވެސް ކަދުރުގައި، ޖާދޫވީ ޝިފާގެ ބާރުތައް ހުރި ކަމަށް ގަބޫލުކުރެވުނެވެ. މިއަދު ސައިންސްގެ އެހީގައާއި އޭގެ މީރު ރަހައިގެ ސަބަބުންވެސް އެންމެންގެ ކެއުމުގައި ކަދުރު ހިމަނަން ޖެހޭކަން އޮތީ ސާބިތުވެފައެވެ.
Advertisement

ހަމައެކަނި އޭގެން ލިބޭ ޝިފާގެ ބާރުތަކަށް އެކަންޏެއް ނޫނެވެ. ކަދުރުގައި ވިޓަމިންސް އާއި މިނަރަލްސް ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. އަދި އެއީ ފައިބަރުގެ ވެސް ރަނގަޅު ބާވަތެކެވެ. ކޮންމެ ކާނާއެއްގައި ވެސް އެކުލެވިގެންވާ ފައިދާތަކުގެ ތެރޭގައި ސަމާލުވާން ޖެހޭ ކަންތައްތައް ހުރެއެވެ.

ކަދުރުން ލިބިގެންދާ ފައިދާތަކުގެ ތެރެއިން ބައެއް ކަންތައްތައް މި އާޓިކަލްގައި ހިއްސާކޮށްލާނަމެވެ. 

ފައިބަރުން މުއްސަދިވެފައިވާ އެއްޗެއް

ފައިބަރަކީ ތިބާގެ މުޅި ސިއްހަތަށް ވަރަށް މުހިއްމު އެއްޗެކެވެ. ފައިބަރަކީ ހަޖަމުކުރުމުގެ ސިއްހަތަށް ވެސް ފައިދާކުރާ އެއްޗެކެވެ. ފައިބަރުން ފުރިހަމަވެފައި ހުންނަ ކާނާގެ ބާވަތްތަކުގެ ސަބަބުން ގިނަ ވަގުތު ބަނޑު ފުރިފައި ހުންނަކަމުގެ އިހުސާސް ކުރެވެއެވެ. އެންމެ ކަދުރެއްގައި ވެސް ގާތްގަނޑަކަށް ހަތް ގްރާމްގެ ފައިބަރު ހުރެއެވެ. އެހެންކަމުން މިއީ ކެއުމުގައި ކަދުރު އިތުރުކުރަންވީ ވަގުތެވެ. 

ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ

ކަދުރުގައި ހަމައެކަނި ފެޓް މަދީކީ އެއް ނޫނެވެ. އޭގައި އެއްވެސް ވަރަކަށް ކޮލެސްޓްރޯލް އެކުލެވިގެންނުވެއެވެ. މީގެ މާނައަކީ ކެއުމުގައި ކަދުރު އިތުރުކުރުމުން ކޮލެސްޓްރޯލް މެނޭޖްކޮށް ބެހެއްޓުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެވެސް ވަރަކަށް ބަރުދަން ލުއިކުރުމަށް ވެސް އެހީތެރިވެދޭނެއެވެ. 

ސިކުނޑިއަށް ފައިދާހުރި މޭވާއެއް

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކަދުރުގެ ސަބަބުން ސިކުނޑީގެ ފަންކްޝަންތައް ރަނގަޅުވެދާނެއެވެ. ކަދުރުގެ ސަބަބުން އަލްޒައިމާސް ބަލި ފަދަ ނިއުރޯޑިޖެނެރޭޓިވް ބަލިތަކާ ގުޅިފައިވާ އިންފްލެމޭޓަރީ މާކަރުތައް މަދުކޮށްދެއެވެ. މި ދިރާސާތަކުން ދައްކުވައިދީފައިވާ ގޮތުގައި ކަދުރު އެކުލެވޭ ކާނާ ކާންދިން މީދާ ތަކުގެ ހަނދާން ވަރުގަދަ ވެފައި، ދިގު މުއްދަތަކަށް ދެމިގެން ދިޔަ ކަމަށްވެއެވެ. 

ގުދުރަތީ ގޮތުން ފުރިހަމަ ފޮނި އެއްޗެއް 

ކަދުރުގައި ގުދުރަތީ ހަކުރު ގެ ބާވަތެއް ކަމަށްވާ ފްރުކްޓޯޒް އެކުލެވިގެންވެއެވެ. ކަދުރަކީ ކާލަން މީރު އަދި ހުދު ކުލައިގައި އުފައްދާފައި ހުންނަ ހަކުރުގެ ބަދަލުގައި ބޭނުން ކޮށްލުމަށް އެންމެ ރަނގަޅު އެއްޗެކެވެ. ހަކުރުގެ ބަދަލުގައި ރެސިޕީތަކުގައި ކަދުރުން ތައްޔާރުކުރި ޕޭސްޓް ބޭނުން ކުރާށެވެ. މިސާލަކަށް ރެސިޕީއަކަށް ބައި ތަށީގެ ހަކުރު ބޭނުންވާނަމަ އޭގެ ބަދަލުގައި ބައި ތަށީގެ ކަދުރު ޕޭސްޓް ބޭނުންކޮށްލާށެވެ.

ކަށިތައް ވަރުގަދަކޮށްދޭ

ކަދުރުގައި ވަރަށް ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވިގެންވެއެވެ. ކެލްސިއަމް އަކީ ކަށިތައް ހެދިބޮޑުވުމަށާއި ގަދަކޮށް ހުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކަދުރުގައި ސެލެނިއަމް، ކޮޕާ އަދި މެގްނީޒިއަމް ވެސް ހުރެއެވެ. މިއީ ކަށިތަކުގެ ދުޅަހެޔޮކަމަށާއި އޮސްޓިއޯޕޮރޯސިސް ފަދަ ބަލިތަކުން ދުރުކޮށްދިނުމަށް އެހީވެދޭ ވަރަށް ރަނގަޅު ނިއުޓްރިއެންޓްތަކެކެވެ.  

ހަންގަނޑަށް ރަނގަޅު އެއްޗެއް

ކަދުރުގައި ވަރަށް ގިނަ ވިޓަމިންސް އެކުލެވިގެންވެއެވެ. އެއީ ހަންގަނޑު ތާޒާކޮށް، ސާފުކޮށް، ހޫނު މޫސުމަށް ތައްޔާރުވެގެން ހުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން ވިޓަމިން ޑީ އަދި ވިޓަމިން ސީ ގެ ސަބަބުން ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށާއި އިލާސްޓިކް ކޮށް ހުރުމަށް އެހީތެރިވެދެއެވެ. އޭގެ ސަބަބުން ހަންގަނޑުގައި ރޫ ޖެހުމުން ދުރުކޮށްދެއެވެ. ހަމުގެ މައްސަލަތައް ދިމާވާނަމަ، އޭގެ ބައެއް އަލާމާތްތަކަށް ލުޔެއް ހޯދައިދިނުމަށް ކަދުރު އެހީތެރިވެދީފާނެއެވެ. 

ގުދުރަތި ގޮތުން ވިހެއުމަށް އެހީތެރިވެދޭ

ތުއްތު ދަރިފުޅު ވިހަން ތައްޔާރުވެފައިވާނަމަ، އަދި ސިޒޭރިއަން ހެދުމުގެ ރިސްކުން ދުރުވާން އެދޭނަމަ ހަމައެކަނި ކަދުރު ކޮޅެއް ކާލެވޭތޯ ބަލާށެވެ. މާބަނޑު ދުވަސްވަރުގެ ފަހު ހަފްތާތަކުގައި ކަދުރު ކެއުމަކީ ސާވިކްސް އިތުރަށް ޑައިލޭޓް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދިރާސާއެއްގައި، ވިހެއުމުގެ ކުރިން ދުވާލެއްގެ މައްޗަށް ހަ ކަދުރު މަހެއްގެ މައްޗަށް ކޭ އަންހެނުން، ގުދުރަތީ ގޮތުން ވިހެއުމުގެ މަސައްކަތް ފެށުމުގެ ފުރުސަތު 20 އިންސައްތަ ބޮޑުވެގެން ދިޔައެވެ. 

ބަނޑުހަރުވުމުން ދުރުކޮށްދޭ

ކަދުރަކީ ބަނޑު ހިކުމުން ދުރުކޮށްދިނުމަށް ހަނގުރާމަ ކުރާ އެއްޗެކެވެ. ކަދުރުގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެންވާތީ ކަދުރު ކެއުމުން ބަނޑު ހިކުމުން ދުރުހެލިވުމަށް އެހީތެރިވެދެއެވެ. ގަވާއިދުން ކަދުރު ކެއުމާއެކު ގިނައިން ފެން ބުއިމަކީ، ހަޖަމުކުރުމުގެ އާދަތަކަށް ބޮޑު ބަދަލެއް ގެނެވިދާނެ ކަމެކެވެ.

ބޫސްޓް ފާޓިލިޓީ

އިންފާޓިލިޓީ އަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރަށް އަސަރުކުރާ ކަމެކެވެ. މި ކުޑަކުޑަ ގުދުރަތީ މޭވާގެ ސަބަބުން ކުރިމަތިވާ ހުރަސްތަކާއި، ސްޓްރެސް ލުއިކުރުމަށް އެހީތެރިވެދެއެވެ. ބޭސްތަށް ކުރުމަށް އެތައް ހާސް ޑޮލަރެއް ހޭދަކުރުމުގެ ކުރިން ކަދުރު ކެއުމަށް މަސައްކަތް ކުރާށެވެ. ކަދުރުގައި އެސްރޯން ފަދަ މައިކްރޯ އެލެމެންޓްތައް ހުރެއެވެ. މިއެލެމެންޓްތަކުގެ ސަބަބުން ފިރިހެނާގެ ފާޓިލިޓީއަށް ޕޮޒިޓިވް ގޮތެއްގައި އަސަރު ކުރުވައެވެ.  

ގައިގައި މަސް ޖެހުމަށް އެހީތެރިވެދެއެވެ. 

ދުޅަހެޔޮ ގޮތެއްގައި ބަރުދަން އިތުރުކޮށްލައި ގައިގައި މަސްޖެހުމަށް، ކަދުރަކީ ކެއުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. ކަދުރު އަކީ ފައިދާހުރި، މީރު އެއްޗަކަށް ވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށާއި ހަށިގަނޑުގެ ގުދުރަތީ ޕްރޮޓީން ފަންކްޝަންތަކަށް ގެއްލުން ނުދީ، ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ ނިއުޓްރިއެންޓްތައް ކަދުރުން ލިއްބައިދެއެވެ.

ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ. 

ފައިދާ ހުރި ބާވާތްތައް މަދު ޑައެޓަކާއި މަދު ކަސްރަތަކީ ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. އަދި މީގެ ސަބަބުން ފުރާނަ އަށް ގެއްލުންވެ މަރުވުމަށްވެސް މެދުވެރިވެއެވެ. ހިތުގެ ބަލިތަކަށް އެންމެ ރަނގަޅު ޑައިޓަކީ ގްލައިސިމިކް އިންޑެކްސް ދަށް ޑައެޓެކެވެ. ކަދުރުގައި ގްލައިސިމިކް އިންޑެކްސްގައި ވަރަށް ދަށްވުމުގެ ސަބަބުން އެއީ ހިތުގެ ސިއްހަތާ މެދު ވިސްނާލާއިރު ކެއުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. 

ލޭ މައްޗަށް ދިޔުމުން ދުރުހެލިކޮށްދެއެވެ. 

ކަދުރުގައި ސޯޑިއަމް މަދުކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ސެޗުރޭޓެޑް އަދި ޓްރާންސް ފެޓް ވެސް މަދެވެ. އެ ދަށް ލެވަލްތަކަކީ ކެއުމުގައި ކަދުރު ބޭނުން ކުރުމުން ލޭގެ ޕްރެޝަރު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދޭ މައިގަނޑު ސަބަބުތަކެވެ. ލޭގެ ޕްރެޝަރާ އެކު ކަދުރު މަސައްކަތް ކުރަނީ ހިތުގެ ނިޒާމަށް އެހީތެރިވެދޭނެ ފަދަ ގޮތަކަށެވެ.

ހަކަތަ އިތުރުކޮށްދެއެވެ. 

ކަދުރުގައި ހުންނަ އާދައިގެ ހަކުރުތަކަކީ ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް ވަރަށް ގިނައިން ބޭނުންކުރާ އެއްޗެކެވެ. ބޮޑެތި އެލޮޓްމަންޓް ހަކަތަތައް ބޭނުން ކުރުމުގެ ކުރިން ދެ ކަދުރުގެ މިންވަރެއް ނަމަވެސް ކެއުމަކީ ހަކަތަ އިތުރުކުރުމަށް ކުރާ މަސައްކަތްތައް ކުޑަކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދުމަށްޓަކައި، ވޯކްއައުޓް ކުރުމުގެ ކުރިން ކެއުމުގައި ކަދުރުގެ މިންވަރެއް ހިމަނާލާށެވެ.  

ރޭނގަޑު ތަންތަން ނުފެނުމުން ދުރުހެލިކޮށްދެއެވެ. 

ރޭގަނޑުގެ ވަގުތުތަކަކީ އަހަރުމެންގެ ލޮލަށް ބުރަކަން ގެނެސްދޭ ވަގުތުތަކަކަށް ވެއެވެ. ރޭގަނޑުގެ ވަގުތު ފަދަ އަލީގެ މިންވަރު ދަށް ހާލަތްތަކުގައި ގިނަ ބަޔަކު ލޮލަށް ފެނުމުގެ ހުރަސްތަކާއި ކުރިމަތިލައެވެ. ކަދުރުގައި ވިޓަމިން އޭ ގެ މިންވަރު ވަރަށް ބޮޑަށް އެކުލެވިގެންވެއެވެ. ވިޓަމިން އޭ މަދުވުމަކީ ގިނަ ފަހަރަށް ރޭގަނޑު ލޮލަށް ފެނުމުގެ އުނދަގޫތަކާއި ކުރިމަތިކުރުވާ ކަމެކެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް