ads
ފޮޓޯ: މަންޓާ އެއާ
އަންނަ ހަފްތާގައި މަންތާ އެއާއިން އައްޑޫއަށް ދަތުރުތައް ފަށަނީ
މަންތާ އެއާއިން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫ ސިޓީއަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅިގެން “ސީއެންއެމް” އަށް މައުލޫމާތު ދެއްވަމުން މަންތާ އެއާގެ އޮފިޝަލަކު ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫ ސިޓީއަށް އެ އެއާލައިން އިން ދަތުރުތައް ފެށުމަށް ނިންމާފައި ވާކަމަށާއި، ދުވާލަކު އެއް ދަތުރު ކުރުމަށް ތާވަލް ކޮށްފައި ވާކަމަށެވެ. 

އަދި ތަރުހީބު ލިބޭ ވަރަކަށް ދަތުރުތައް އިތުރު ކުރާނެ ކަމަށާއި، އަބަދުވެސް ހިދުމަތް ހޯދާ ފަރާތްތަކަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

މަންތާ އެއާއިން އައްޑޫއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވާއިރު، މިހާރުވެސް އެ އެއާލައިން އިން އަންނަނީ، ބ. ދަރަވަންދޫ އެއާޕޯޓުގެ އިތުރުން ދާލު އެއާޕޯޓަށް ދަތުރުތައް ކުރަމުންނެވެ. 

މި އެއާލައިނުން ބޭނުން ކުރަނީ ATR-72-600 މަރުކާގެ 64 ގޮނޑީގެ ޖާގައިގެ ތިން މަތިންދާބޯޓެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ހިދުމަތް ދޭން ފެށި މަންޓާ އިން އަންނަނީ ސީ ޕެލޭންގެ ހިދުމަތްވެސް ފުޅާ ދާއިރާއެއްގައި ދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް