ads
އަލީހުސައިން މިރޭގެ ކޮމިޓީ ބައްދަލުވުމުގައި ސުވާލު ކުރައްވަނީ
އަލީހުސައިންގެ މުހިއްމު ސުވާލަކަށް އެއްވެސް އޮފިސަރެއްގެ ޖަވާބެއް ނެތް!
މިރޭ ރައިޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ އެމަޖިލީހުގެ ސަލާމަތީ ހިދްމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކުރެއްވި މުހިއްމު ސުވާލަކަށް އެމްއެންޑީއެފްގެ އެއްވެސް އޮފިސަރަކު ޖަވާބެއް ނުދެއްވިއެވެ.

މިރޭގެ ބައްދަލުވުމުގައި އެމްއެންޑީއެފްއިން ވާހަކަދެއްކީ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާތެރިކަމަށް ބުނެއެވެ. 

ކޮމެޓީ ބައްދަލުވުން ނިމެމުން ދަނިކޮށް އަލީ ހުސައިން ވިދާޅުވީ އެސުވާލު ކުރައްވަނީ ގައުމުދެކެ ލޯބިވާ މުވާތިނެއްގެ ހައިސިއްޔަތުން ކަމަށާއި، އިންޑިޔާ އައުޓް ހަރަކާތަކީ ސިޔާސީ ގޮތުން ހިންގާ ހަރަކާތެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހާއި، ސަރުކާރުންވެސް މި ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި ހަރަކާތެއް ކަމަށް ބުނަމުން އަންނަ ކަމަށެވެ. އަދި އެކޮމިޓީއަށް ޔުނިފޯމް އަޅުއްވައިގެން ވަޑައިގެން ތިއްބެވި ބޭފުޅުންވެސް ވިދާޅުވަނީ މިއީ ގައުމީ ސަލާމަތައް ނުރައްކާތެރި ކަމެއް ކަމަށެވެ. 

އެހެންނަމަވެސް ގާނޫނު އަސާސީ ހުއްދަކުރަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅޭއުޅުންކަމަށް ވިދާޅުވިއެވެ.

އަލީހުސައިންގެ ސުވާލު ފައްޓަވަމުން ވިދާޅުވީ މިނިސްޓަރު އެއަށް ޖަވާބު ނުދެއްވައިފިއްޔާ ރަނގަޅު ކަމަށެވެ. އަދި ސުވާލު އަމާޒު ކުރެއްވީ ޔުނީފޯމްގައި ތިއްބެވި އޮފިސަރުންނަށެވެ. 

"އަޅުގަނޑު ހިތަށް އަރަނީ އަހާލާނަމޭ ތިބޭފުޅުންނަށް އިހްސާސް ކުރެވޭތޯއޭ ސިޔާސީ ވާދަވެރިކަމެއްގައޮތް ތަޅާފޮޅުމެއްގެ ތެރެއަށް ތިބޭފުޅުން ދަމާފަވިޔަސް ޑްރޭގް ކޮށްފަ ވިޔަސް، ކޮއްޕާފަ ވިޔަސް މީގެ ތެރެއަށް ގެނެވޭ ކަމުގެ އިހްސާސް ތިބޭފުޅުންނަށް ކުރެވޭތޯއޭ" އަލީހުސައިން ވިދާޅުވިެއެވެ. 

މިސުވާލަށް އެއްވެސް އޮފިސަރަކު ޖަވާބެއް ނުދެއްވައެވެ. އަދި ވަގުތުކޮޅެއް ފާއިތު ވުމަށްފަހު ދެއް އަނެއްކާވެސް ވާހަކަ ދެއްކެވީ މުގައްރިރު މުހައްމަދު އަސްލަމްއެވެ. 

އަސްލަމް ވިދާޅުވީ، ދިރާސާގެތެރެއިން އެސުވާލުގެ ޖަވާބު ލިބިގެންދާނެހެން ހީފުޅުވާ ކަމަށެވެ.

މިބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އިންޑިޔާ އައުޓް ހަރަކާތަކީ މިފަހުން ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާތެރި ކެމްޕޭން ކަމަށެވެ. އަދި ވާހަކަ ދެއްކެވި، ހުރިހާ އޮފިސަރުންވެސް ފާހަގަ ކުރެއްވީ "އިންޑިޔާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމުގެ މައްޗަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް