ads
އަހުމަދު ހިޝާން--
ހިޝާނަށް ބިރުދެއްކި މައްސަލަ ތަހުގީގު ކުރަން އެއްބާރުލުމެއް ނުލިބުން: ފުލުހުން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމައި އިސްކޮށް ހަރަކާތްތެރި ވަމުން އަންނަ އަހުމަދު ހިޝާންއަށް ބިރުދައްކާއި އިންޒާރުދިން މައްސަލަ ތަހުގީގުކުރަން އެއްބާރުލުން ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިމަހުގެ ތެރޭގައި ހިޝާން ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ގުރޫޕަކުން އޭނާއަށް މަރުގެ އިންޒާރު ދިނުމަށްފަހު އެނާއަށް ވަނީ ފާރަލާފަ އެވެ. އެގޮތުން އެ މައްސަލަ ފުލުހުންނަށް ގުޅައި ހުށަހަޅާފައިވާ ކަމަށް އެދުވަހު ހިޝާން ވިދާޅުވި އެވެ.  

ޑިސޭބަލް އެމްބެސެޑަރުކަން ކުރިން ކޮށްފައިވާ ހިޝާން އިއްޔެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހައްގު ބަސް ބުނާ މީހުންނަށް ދިރިއުޅުމުގެ ހައްގު ނެތް ކަމަށެވެ. އަދި 18 އަހަރު ވަންދެން ނިކަމެތިންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނިކުމެ ކުރެއްވި މަސައްކަތުގެ ހަދިޔާއަކަަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު ކަމަށް ވެސް ވިދާޅުވި އެވެ. 

ސަރުކާރުގެ އިސް ފަރާތްތައް ޓެގް ކުރައްވާ ކުރެއްވި މި ޓްވީޓާ ގުޅިގެން ފުލުހުން ބުނީ ހިޝާންއަށް ބިރު ދެއްކި މީހުން ހޯދަން ހިންގާ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކުރެވިފައި ނުވަނީ ވެސް އެހެންވެ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ ކުރިންވެސް ބަޔަކު ވަނީ ހިޝާނަށް މަރުގެ އިންޒާރު ދީފައެވެ. އެފަހަރު ހިޝާނަށް މަރުގެ އިންޒާރު ދީފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ގޮވައިގެން ހުކުރު ދުވަހު ހުކުރުނަމާދަށް ދަނިކޮށެވެ. އަދި އެދުވަހު މަރުގެ އިންޒާރު ދީފައިވަނީ ދެ ސައިކަލެއްގައި އައި ބަޔަކު ވަޅި ދައްކައިގެން ކަމަށް މައުލޫމާތު ލިބެއެވެ. 

ހިޝާން އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންކަމުގައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް