ads
ރައީސްސޯލިހު މަޑިވަރު އެއާޕޯޓް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި
މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރު ތަކުގެ އަގަށް ހެޔޮބަދަލެއް ގެންނާނެ: ރައީސް
އިއްޔެ ހުޅުވި މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުތަކުގެ އަގަށް ހެޔޮ ބަދަލެއް ގެންނަން އައިލެންޑް އޭވިއޭޝަނާ ވާހަކަ ދައްކަވާނެ ކަމަށް ރައީސް އިބްރާގހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ޅ ނައިފަރުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިއްޔެ އެ އެއާޕޯޓު ހުޅުވުނު ކަމުގައި ވިޔަސް ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް ކަމަށާއި އެއީ ޓިކެޓުގެ އަގުބޮޑުކަން ކަމަށްވެސް ވިދާޅުވިއެވެ. 

"މިހިސާބަށް އަންނަން ކޮޅަކަށް 1020 ރުފިޔާ ހަރަދު ކުރަން ޖެހުނީމާ، އެ ބަލައިގަންނަން މިއަތޮޅުގެ ރައްޔިތުންނަށް ކުޑަކޮށް ދަތި" ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ މިއަދު ވަކިގޮތެއް ކަނޑަ ނޭޅުނު ކަމުގައިވިޔަސް އައިލެންޑް އޭވިއޭޝަނާއެކު މަޝްވަރާ ކުރެއްވުމަށް ފަހު ލަސްތަކެއް ނުވެ އެކަމަށޤ ހެޔޮ ބަދަލެއް ގެންނެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. 

މިއަދު ނައިފަރުގައި ސަރުކާރުން އިމާރާތްކުރި، 100 ހައުސިން ޔުނިޓް ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިއްޔެ ހުޅުވިގެންދިޔަ އެއާޕޯޓުގެ ސަބަބުން އެއަތޮޅުގެ އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެކަމަށާއި ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް