ads
މެކްސިކޯ
ޑްރަގުގެ ބޮޑެއް އަތުނުޖެހިގެން އޭނާގެރަށް، މެކްސިކޯސިފައިންގެ ބާރުގެ ދަށަށް ގެނެސްފި
މެކްސިކޯގެ ޑްރަގް ވިޔަފާރީގެ ބޮޑެއް އަތުލައިގަތުމަށްޓަކައި އެގައުމުގެ ސިފައިން، އޭނާގެ ރަށް ސިފައިންގެ ކޮންޓްރޯލުގެ ދަށަށް ގެނެސްފިއެވެ.
Advertisement

މެކްސިކޯގެ އަސްކަރިއްޔާއިން ހުޅަނގު މެކްސިކޯގެ މިޗޯކަން ސްޓޭޓުގެ ކޮންޓްރޯލް މިހާރުވަނީ ނަގައިފައެވެ.

"އެލް މެންޗޯ" ގެ ނަމުން މަޝްހޫރުވެފައިވާ ނެމީސިއޯ އޮސެގުއެރާ ސާވަންޓެސް އަކީ އަގުއިލިއްލާގެ ނަރަންޖޯ ޑި ޗިލާ ނަމަކަށް ކިޔާ ޓައުނަށް އުފަން މީހެކެވެ. މީނާއަކީ  މެކްސިކޯ އާއި އެމެރިކާއަށްވެސް "ވޯންޓެޑް" މީހެކެވެ.

ގޭންގުތަކުން ހަރުކޮށްފައިވާ މައިން ސަބަބުން ވޭތުވެ ދިޔަ ހަފްތާތަކުގައިވަނީ އެކަކު މަރުވެ ގިނަބަޔަކު ޒަހަމް ވެފައެވެ. 

އަސްކަރިއްޔާގެ ވެހިކަލްތަކާއި، ލޭންޑްމައިންތައް ދެނެގަންނަ ޓީމުތައް ދަނީ އެ ޓައުންގައި ޕެޓްރޯލް ކުރަމުން ނެވެ.

ޖަލީސްކޯ ނިއު ޖެނެރޭޝަން ކާޓެލް (ސީޖޭއެންޖީ) ލީޑް ކުރާ "އެލް މެންޗޯ" ފިލައިގެން އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ.

އޭނާގެ ގޭންގަކީ މެކްސިކޯގައި އެންމެ ބާރުގަދަ ގޭންގެވެ. މެކްސިކޯގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް 2015 ވަނަ އަހަރު ޖަލިސްކޯގައި ދިން ހަމަލާއެއްގައި 15 އޮފިސަރަކު މަރުވެފައިވެއެވެ.އަދި 2020 ވަނަ އަހަރު މެކްސިކޯ ސިޓީގެ ފުލުހުންގެ ވެރިޔާ އަވަހާރަކޮށްލަންވެސް ހަމަލަ ދީފައިވއެވެ. މި ހަމަލާތަކުގެ ފަހަތުގައި ވާ ކަމަށް ބެލެވެނީ މި ޑްރަގް ގޭންގެވެ.

އަގުއިލިއްލާގައި ސީޖީއެންޖީއިން ވާދަވެރި ލޮސް ވިއަގްރާސް ކާޓެލްއާ ހަނގުރާމަ ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ.

އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކުރާ ގޮތުގައި، ސަރަހައްދު ކޮންޓްރޯލް ކުރުމުގެ ހަނގުރާމައިގައި، ޑްރޯންއިން އުފުލާ ގޮވާތަކެއްޗާއި،  ލޭންޑް މައިންތައް އެސަރަހައްދުގެ އެކި ހިސާބުތަކުގައިވަނީ ހަރުކޮށްފައެވެ.

ފާއިތުވީ ހަފުތާތަކުގައި ދެ ޑިވައިސްއެއް ގޮވުމުގެ ސަބަބުން މި މައިންތަކަކީ ބާރުގަދަނުރައްކާތެރި ގޮވާތަކެތިކަން ވަނީ ސާބިތުވެފައެވެ. ފުރަތަމަ ގޮއްވާލި ބާރުގަދަ ގޮވުމުގެ ސަބަބުން އެތައް ސިފައިންނެއް ޒަޚަމްވެފައިވާއިރު، ދެވަނަ ގޮވުމުގެ ސަބަބުން އެސަރަހައްދުގެ ދަނޑުވެރިއަކު ވަނީ މަރުވެފައެވެ.

ގޮވުންތަކާ ގުޅިގެން މެކްސިކޯ ސިފައިން އެ ސަރަހައްދަށް ވަދެފައިވާ ކަމަށް ސްޕެއިންގެ ނޫހެއް ކަމަށްވާ އީއެފްއީއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މިޗޯކަން ސްޓޭޓުގެ ސީޕޯޓާއި ސްމަގްލް ކުރާ މަގުތަކަކީ ޑްރަގް ކާޓެލްތަށް ދަހިވެތި ވެފައިވާތަންތަނެވެ.

މަސްތުވާތަކެތި އުފެއްދުމާއި، އެތަކެތީގެ ވިޔަފާރިކުރުންފަދަ ޣައިރު ޤާނޫނީ ހަރަކާތްތައް ކޮންޓްރޯލްކުރާ މީހުންނާ ދެކޮޅަށް، ޑްރަގް ގޭންގުތަކުން   އެސަރަހައްދުގައި ހަނގުރާމަ ކުރެއެވެ.

އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ސަތޭކަ އާއިލާއެއް މިހާރުވަނީ ވަނީ އެމެރިކާއަށް ހިޖުރަކުރުމުގެ އުއްމީދުގައި އެޓައުނުން ނުކުމެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް