ads
މަސައްކަތުގެ ފަސްވަނަ ޝިޕްމެންޓް ހޯރަފުށީ އެއާޕޯޓަށް: ފޮޓޯ/ އެމްޓީސީސީ
ރަމަޟާން މަހަށް ހޯރަފުށީ އެއާޕޯޓް ރަންވޭ މަސައްކަތް ނިމޭނެ: ހޯރަފުށީ ކައުންސިލް
ހއ. ހޯރަފުށި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ފަސް ވަނަ ޝިޕްމެންޓް ހޯރަފުށީ އެއާޕޯޓަށް ގެންގޮސްފި ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
Advertisement

އަދި އަންނަ ރަމަޟާން މަހާ ހަމަޔަށް ރަންވޭ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ވެސް އެކައުންސިލުން ބުނެއެވެ.

ހޯރަފުށި  އެއާޕޯޓްގެ  ގޮނޑުދޮށް  ހިމާޔަތް  ކުރުމަށް  ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް ވަނީ މިމަހުގެ 19 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީން ވެސް ވަނީ ބުނެއެވެ.

އެ ގޮތުން އެ މަޝްރޫއުގެ ދަށުން، ހޯރަފުށީގެ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އަދި މި މަޝްރޫއުގެ ޖުމްލަ އަގަކީ 90.5 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

"ސީއެންއެމް' އަށް މައުލޫމާތު ދެމުން ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ހޯރަފުށީ އެއާޕޯޓްގެ ހުޅަނގު ފަރާތުގައި ހަދާ ރަންވޭ އަކީ ވަރަށް ބޮޑު ސަރަހައްދެއް ކަމަށާއި، މިހަރު ރަންވޭ ސަރަހައްދުގައި ބޮޑުހިލަ ޖަހަމުންދާ ކަމަށެވެ. އެގޮތުން މިހާރު ބޮޑުހޮލައިގެ ފަސްވަނަ ޝިޕްމެންޓް ގެނެސްފި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެމްޓީސީސީން މަސައްކަތް ކުރާ ސްޕީޑް ހަމަ ރަނގަޅު. އެހެން ނަމަވެސް އަދިވެސް ދަތި ތަކެއް އެބަހުރި. އެދަތި ތަކާއި އެކު ވެސް ނިންމާ ލެވޭނެ ކަމަށް މިބަލަނީ ރަމަޟާން މަސް ފެށޭހާ ތަނަށް."ވަހީދު ވިދާޅުވިއެވެ.

މަސައްކަތުގެ ސްޕީޑް މިއަށްވުރެ ހަލުވި ކުރެވިއްޖެ ނަމަ މިހާރަށް އަވަހަށް މަސައްކަތް ނިމޭނެ ކަން ކައުންސިލުން ފާހަގަ ކުރެއެވެ. އަދި ބުނީ ލިބެންޖެހޭ ބައެއް ހުއްދަ ނުލިބުމުގެ ސަބަބުން ރޭގަނޑު މަސައްކަތް ނުކުރެވޭތީ ލަސްވެފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް