ads
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފޮޓޯ ރައްޔިތުންގެ މަޖިލިސް
މާރިޔާ ހައްޔަރު ކޮށް މިހާރުން މިހާރަށް މަޖިލީހަށް ހާޒިރު ކުރަންޖެހޭ: ޖާބިރު
ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ހައްޔަރު ކުރުމަށް ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިފަދައިން ވިދާޅުވީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާއިރު ސިޔާސީ މީހުން ނުހިމެނޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ތޯރިގު ހުށައެޅުއްވި ބިލަށް ވާހަކަފުޅު ދައްކަވަމުންނެވެ. 

ޖާބިރުގެ ވާހަކަގައި ބިލާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި ވިދާޅުވީ، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި އެމަގާމަށް މިހާރުން މިހާރަށް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އައްޔަން ކުރަންޖެހޭ ކަމަށެވެ. 

"މިމަޖިލީހުގައި ތާއީދު ނެތް ރައީސް އަކު ތި ގޮނޑީގައި އިނދެގެން ނުވާނެ. އެއީ ރައީސް ނަޝީދު ކަމަށް ވިޔަސް، މިއަދު އޭނާގެ ތާއީދު ގެއްލިއްޖެ. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ވޯޓު ދިނީ، މި މަޖިލީހުގެ އަހްލަބިއްޔަތުން އޭނާ ހޮވަން، މިއަދު އަހުލަބިއްޔަތު ގެއްލިއްޖެ." ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރާއްޖެ ހަމަ މަގަށް އެޅުވުމަށް އޮތީ ގާނޫނު އަސާސީން ކަމަށާއި، ރާއްޖޭގެ ދިފާއީ ބާރުތަކަށް ގާނޫނޫ އަސާސީއިން ލާޒިމް ކޮށްފައިވަނީ، ދިވެހި ރާއްޖެ ދިފާއު ކުރުން ކަމަށާއި، އެހެން ނަމަވެސް އެކަން ނުވާ ކަމަށެވެ. 

"މި ހިނދުން މިހިނދަށް މި އަންގަނީ ޖެނެރަލް ޝަމާލް، ޗީފް އޮފް ޑިފެންސް ފޯސް އަށް މާރިޔާ މެޑަމް ހައްޔަރުކޮށް މިތަނަށް ގެންނަން. ހައްޔަރުގައި ބަހައްޓައިގެން.... ރާއްޖޭގެ ޑިފެންސް މިނިސްޓަރު ހައްޔަރު ކުރުމަށް މި އަމުރު ނެރުނީ މި މަޖިލީހުގައި ސީދާ ހޫނު އަމުރެއް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ދެއްކެވި ވާހަކަތަކަށް މަޖިލީހުގައި ތިއްބެވި މެމްބަރުން ވަނީ ތާއީދުކޮށް އަތްތިލަ ބަޑި ޖަހާފައެވެ. އެހެން ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވަނީ ހުށައެޅިފައިވާ ބިލަށް ވާހަކަ ދެއްކުމަށް މެމްބަރު ޖާބިރުއަށް އިލްތިމާސް ކުރައްވާފައެވެ. 

އެހެން ނަމަވެސް ޖާބިރު ވަނީ ވަގުތު ހަމަވުމަށް ފަހުވެސް މާރިޔާ ހައްޔަރު ކުރުމަށް ގޮވާލާ ދެއްކި ވާހަކަ ކުރިއަށް ގެންގޮސްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް