ads
ކާތިކް އާއި ސާރާ--
ކާތިކްއާ ޑޭޓް ކުރާ ވާހަކަ ސާރާ ދޮގުކޮށްފި
ކާތިކް އާރިޔާން އާއި ސާރާ އަލީ ހާން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާތީ އެކަމަކީ ދޮގެއް ކަމަށް ސާރާ ބުނެފި އެވެ.

ލޯބިވެރިންގެ ދުވަހު ސިނަމާތަކަށް އަންނަ ފިލްމު، ލަވް އާޖް ކަލްގައި ސާރާ އާއި ކާތިކް އެކުގައި ފެނިގެންދާއިރު މިދިޔަ އަހަރުގެ ފަހުކޮޅުއްސުރެ ކާތިކް އާއި ސާރާގެ މެދުގައި ގުޅުމެއް އޮންނަކަމަށް ބުނެ އަޑުތައް ދަނީ އަރަމުންނެވެ. އެކަމަކު މިދޭތެރެއިން ސާރާ އާއި ކާތިކް ރުޅިވެފައިވާ ކަމުގެ އަޑުތައް ވެސް އަރާފައިވާއިރު މިހާރު ދެ ތަރިން ވެސް އެކުގައި އަވަދިނެތި އުޅެމުން އަންނަނީ ލަވް އާޖް ކަލް2 ގެ ޕްރޮމޯޝަންތަކުގަ އެވެ.

އެގޮތުން ޕްރޮމޯޝަންގެ ތެރެއިން ސާރާއަށް މިވަނީ ވަރުގަދަ ސުވާލެއް ކުރިމަތިވެފަ އެވެ. އެއީ އޭނާއާއި ކާތިކް އަންނަނީ ޑޭޓް ކުރަމުންތޯ އެވެ. އެކަމާއި ގުޅިގެން ސާރާ ބުނީ ދެމީހުން ޑޭޓް ކުރަނީ އެކުގައި މަސައްކަތް ކުރާ ފިލްމުގައި ކަމަށެވެ.

ދެމީހުން އެކުގައި ޑޭޓްކުރާތަން ބެލުމަށްޓަކައި ފިލްމު އަޅުވާ ދުވަހު އައުމަށް ވެސް ސާރާ ވަނީ ބުނެފަ އެވެ. ނަމަވެސް އެ ޖަވާބާ ގުޅިގެން ވެސް ނޫސްވެރިން ވަނީ ސުވާލު ތަކުރާރު ކުރަން ފަށާފަ އެވެ. އެއާއެކު ސާރާ ވަނީ ކާތިކް އާއި ޑޭޓްކުރަމުން ނުދާ ކަމަށް ވެސް ބުނެފަ އެވެ. 

ސާރާ ވަނީ އޭނާއަށް ކާތިކް ވަރަށް ކަމުދާކަން މިދިޔަ އަހަރުގެ ކޮފީ ވިތު ކަރަން ޝޯގެ ތެރެއިން ހިއްސާކޮށްފަ އެވެ. އޭގެ ފަހުން ދެމީހުން އެކުގައި ފެނުން ވަނީ އާންމުވެފަ އެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް