މަންތާ އެއާ އިން ގަމަށް ކުރި ފުރަތަމަ ދަތުރު އޮތީ މިއަދު މެންދުރު 11:20ގަ އެވެ. މަންތާއިން މިއަދު ފެށި މިދަތުރާއިއެކު ގަމަށް ހަފްތާއަކު އެއް ދަތުރުކުރާނެ އެވެ.
ޓިކެޓް ވިއްކަނީ ދެ ކްލާހަކަށް ބަހާލައިގެންނެވެ. އެއީ ކޮމްފޯޓް ކްލާސް އާއި، ސަފަޔާ ކްލާސް ދަތުރުތަކަަށެވެ. ކޮމްފޯޓް ކްލާސްގައި ކޮޅަކަށް ނަގާނީ 1،250 ރުފިޔާއެވެ. ސަފަޔާ ކްލާސްގައި ކޮޅަކަށް 1،850ރުފިޔާ ނަގާނެއެވެ.
އައްޑޫއަކީ މަންތާއިން ދަތުރުކުރާ ތިން ވަނަ މަންޒިލެވެ. ގަމުގެ އިތުރުން އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ކުރަނީ، ބ. ދަރަވަންދޫ އެއާޕޯޓު އަދި ދ. ކުޑަހުވަދޫގައި ތަރައްގީކޮށްފައިވާ ދާލު އެއާޕޯޓަށެވެ.
މަންޓާ އެއާ އިން ރާއްޖޭގައި ކޮމާޝަލް ދަތުރުތައް ކުރަން ފެށީ 24 ފެބްރުއަރީ 2019ގަ އެވެ.