ads
އިންޑިއާއަށް އެމުވައްޒަފުން ފުރާފައިވަނީ މިއަދު މެންދުރު---
ސަރުކާރުގައި މަސައްކަތްކުރާ 55 މުވައްޒަފަކު ތަމްރީނަކަށް އިންޑިއާއަށް ފުރައިފި
އިންޑިއާގައި މުވައްޒަފުންނަށް ތަމްރީނުދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުގައިވާ "ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނަންސް" އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް، ދިވެހި ސިވިލް ސަވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 55 މުވައްޒަފަކު އިންޑިއާއަށް މިއަދު މެންދުރު ފުރައިފި އެވެ.

އެ ތަމްރީން ޕްރޮގްރާމަކީ "ޓްރެއިނިން ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސަވެންޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި ދެ ހަފްތާގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ، އެ ތަމްރީން ޕްރޮގްރާމުގައި އިންޑިއާގެ ސިވިލް ސަވިސް އާ ބެހޭގޮތުންނާއި، އިޤްތިސާދީ، އިޖްތިމާއީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެ ކަމަށާއި، ތަމްރީނު ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ ދާއިރާތަކުގެ ތަޖުރިބާހުރި ކަމާގުޅޭ މާހިރުން ކަމަށެވެ.

މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާ ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައެވެ. މި އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސަވިސް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރާ މައި މަރުކަޒެވެ. 

އަދި ދެވަނަ ހަފްތާގެ ސެޝަންތައް ކުރިއަށް ގެންދާނީ ދިއްލީގައެވެ. މީގެ އިތުރުން މި ދަތުރުގައި މަސޫރީ އަދި ދިއްލީގެ ސަޤާފީ ތަންތަނަށް ބައިވެރިން ޒިޔާރަތްކުރާނެއެވެ.

މިއީ، ދިވެހި ސިވިލް ސަވިސް މުވައްޒަފުން ތަމްރީނު ކުރުމަށް ސިވިލް ސަވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އެންސީޖީޖީ އާއެކު ސޮއިކުރެވުނު އެމްއޯޔޫ ދަށުން އެ ތަމްރީނުގައި ބައިވެރިވުމަށް އިންޑިއާށް ފުރާ ނުވަ ވަނަ ބެޗެވެ. އަދި މިއީ މިހާތަނަށް އެއްފަހަރާ އެންމެ ގިނަ ސިވިލް ސަވިސް މުވައްޒަފުން މިގޮތަށް ދާ ފަހަރުވެސްމެއެވެ. 

މި ވަފުދުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ ސިވިލް ސަވިސް ކޮމިޝަނުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިވިޝަންގެ ޑިރެކްޓަރު މަރްޔަމް އަސްނާ ސައީދު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް