ads
ފީވަކުގެ ޒަމާންވީ މިސްކިތް------ފޮޓޯ: ފީވަށް އެމްވީ
މިސްކިތުގެ ގިބުލަ ހުރީ ނުބައި ދިމާލެއްގައެއް ނޫން: ފީވައް ކައުންސިލް
ށ. ފީވައް މިސްކިތުގެ ގިބުލަ ހުރީ ނުބައި ދިމާލެއްގައި ކަމަށް ދެކެވޭ ވާހަކަތައް އެ ރަށު ކައުންސިލުން ދޮގުކޮށްފި އެވެ.

ފީވަކުގައި ހުރި އެންމެ ޒަމާންވީ މިސްކިތުގައި ނަމާދު ކުރާތާ މިހާރު ގާތްގަނޑަކަށް 35 އަހަރުވެފައިވާއިރު، މިސްކިތުގެ ގިބްލަ ހުރީ ނުބައި ދިމާލެއްގައި ކަމަށް ބުނެ އެރަށު އެކިފަރާތް ތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިބްލަ ހުރީ ގޯސްކޮށްކަން އެނގުނީ، އާ މިސްކިތެއް އެޅުމަށް ސަރުކާރުން ފޮނުވި ބަޔަކު އެ މިސްކިތުގެ ގިބްލަ ބެލުމުން ކަމަށްވެއެވެ. 

އެކަމާއި ގުޅިގެން ފީވަކު ކައުންސިލުގެ ރައީސް އަލީ ރަޝީދު ހަސަން "ސީއެންއެމް" އަށް ވިދާޅުވީ، އެ ރަށުގެ މިސްކިތުގެ ގިބްލައިގެ އެއްވެސް މައްސަލައެއް ދިމާވެފައިވާކަން ކައުންސިލަށް އެގިފައި ނުވާ ކަމަށެވެ. އެކަމާއި ގުޅޭގޮތުން އިތުރަށް ވާހަކައެއް ނުދައްކަވައެެވެ.

"އެފަދަ މައްސަލައެއް ދިމާވެގެން އުޅޭކަން އަޅުގަނޑަށް އެގިފައެއް ނުވޭ" އަލީ ރަޝީދު ވިދާޅުވިއެވެ.

އަލީ ރަޝީދު ވިދާޅުވީ، އެ މިސްކިތަކީ ގާތްގަޑަކަށް 35 އަހަރު ވެފައިވާ މިސްކިތެއް ކަމަށާއި، ރަމްލާން މަހަށް ތައްޔާރުވުމަށް އެމިސްކިތުގައި މުށި ބަނދަލު ކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެރަށުގެ ބައެއް ރައްޔިތުންނާއި ހަވާލާދީ "އަދަދު" ނޫހުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި، އާ މިސްކިތެއް އެޅުމަށް ސަރުކާރުން އެރަށަށް ފޮނުވި މީހުން ކައިރީ ރަށު މީހުން ވަނީ އެމިސްކިތުގެ ގިބުލައާއި މެދު ޝައްކު އުފެދޭތީ، ގިބުލަ ބަލާލަދޭން ދިއުމަށް އެދިފައެވެ. 

އެމީހުން ގޮސް ބެލިބެލުމުން އެ މިސްކިތް އެޅުމަށް ޖެހި ބުޑުތަކުގައި ގިބްލައާ ދިމާނުވާ އަދި ގެފުޅަށް ދިމާނުވާ، ފަސް ޑިގްރީގެ ތަފާތު ކަން ހުރިކަމަށް ފީވަކުން ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.

އެމިސްކިތް އިމާރާތް ކުރިއިރު ރަށުގައި އުޅުނު މީހަކު ބުނާގޮތުގައި އެޒަމާނުގައި ގިބުލަ ބަލަން ސަމުގާ ބޭނުމެއް ނުކުރެއެވެ. އެހެންކަމުން އެ ގިބުލަ ދިމާކޮށްފައިވަނީ ލަފައަކަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް