ads
ފޭދޫގައި ތަރައްގީކުރަމުންދާ ފާރުގައި އެކީހެން ވަނީ ކުރެހުންތަކާއި ލިއުންތައް ލިޔެފައި
ފޭދޫ ޕްރީ ސްކޫލް ފާރެއްގައި "އިންޑިއާ އައުޓް" ލިޔުނު ދެމީހަކު ހައްުޔަރުކޮށްފި
ށ. ފޭދޫގައި އިމާރާތްކުރަމުން އަންނަ ޕްރީސްކޫލް ފާރެއްގައި ލިޔުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ފޭދޫ އެ ސްކޫލު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރުހާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން 28 އަހަރު، އަދި 31 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މިިދިޔަ އާދިއްތަ ދުވަހުއެވެ. 

އެ ރަށު ކައުންސިލުގެ ރައީސް އަހްމަދު ރައިސަމް "ސީއެންއެމް" އަށް ވިދާޅުވީ، އެމީހުން އެފާރުގައި ލިޔެފައިވަނީ ފެބްރުއަރީ މަހުގެ 25 ވަަނަ ދުުވަހު ކަމަށެވެ. ޕްރީން ސްކޫލު ދަރިވަރުންނަށް ކިޔަވައިދިނުމަށާއި، އިމާމު ކޯސްފަދަ ކޯސްތައް ހިންގުމަށް މަރާމާތުކުރަމުންދާ އެފާރުގައި ކުރުހާ ލިޔެފައިވަނީ އެތަނުގައި ކުލަ ލާފައި ވަނިކޮށެވެ. 

އެފާރުގައި ވަނީ "އިންޑިއާ އައުޓް"، "އެމްޑީއެން ބޭން"، "ވީއާ ވިތު މުސްލިމްސް" އަދި " ހިޖާބް އިޒް އަވާ ރައިޓްސް" ފަދަ އިބާރާތްތައް ލިޔެފައެެވެ. ރީދޫ ކުލަ ލާފައިވާ އެ ފާރުގައި "ވަރަށް ލޯބިވޭ" ހާދަ ލޯބި މީހުންތަކެކޭ" ފަދަ އިބާރާތްތައް ވެސް ލިޔެފައިވެއެވެ. 

your imageފޭދޫގައި ތަރައްގީކުރަމުންދާ ފާރުގައި ކައުންސިލުން ނިންމާފައިއޮތީ ކުޑަކުދިންނާއި ގުޅޭ އެކި ކުރެހުންތައް ކުރެހުމަށް---

ރައިސަމް ވިދާޅުވީ އެ ފާރުގައި ކުރުހާފައިވަނީ އެތަނުގައި ލާފައިވާ ކުލައިގެ ސަބަބުން ނޫންކަމަށާއި، ކައުންސިލާއި އޮންނަ ދެކޮޅުވެރިކަމެއްގެ ސަބަބުން ކަމަށް ގަބޫލުކުރާ ކަމަށެވެ. 

"އެތަނުގައި ލާން އަޅުގަނޑުމެން ނިންމާފައިވާ ކުލައަކީ ރަން ކުލަ އަދި ފެހި ކުލަ. އެތަނުގައި ލާފައިވާ ކުލައާއި ހެދި އެއްވެސް ރައްޔިތަކު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެއް ނުވޭ. ނަމަވެސް ހައްޔަރުކުރި އެދެކުދިންނަކީ ޕީޕީއެމް އަށް ނިސްބަތްވާ، ކައުންސިލާއި ދެކޮޅު ބައެއް" އޭނާ ވިދާޅުވިއެވެ.

ރައިސަމް ވިދާޅުވީ، އެެދެކުދިންގެ ބައްޕަ ވެސް ވަނީ 2008ވަނަ އަހަރު އޭނާ މަރާލުމަށްވެސް މަސައްކަތް ކޮށްފައި ކަމަށެވެ. އަދި ވަރަށް ގިނަ އަނިޔާތަކެއް އެފަހަރު ވެސް ދީފައިވާ ކަމަށެވެ. ނަމަވެސް އެކަމާއި އެއްވެސް ހިތްހަމަ ނުޖެހުމެއް އޭނާގެ ނެތްކަމަށާއި، އެކަމުގެ ބަދަލު ހިފުމަށްވެސް އޭނާ އެއްވެސް އިރެއްގައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. 

"މި ރަށަކީ އެންމެ ކުރީންސުރެ ޕީޕީއެމްގެ މެޖޯރަޓީ ރަށެއް. 2008ވަނަ އަހަރު އަޅުގަނޑު އިސްވެ ހުރެ އެމްޑީޕީއަށް ކެމްޕެއިން ކޮށްދިނުމަށް މަސައްކަތް ކުރުމުން އަޅުގަނޑުވެސް މަރާލަން އެކުދިންގެ ބައްޕަ ނުކުތް. އޭރު ވަރަށް އަނިޔާވެސް ކުރި. އެކަމަކު އަޅުގަނޑު އެއްވެސް ގޯސް ކަމެއް ތަފާތު ކުރުމެއް ކައުންސިލަށް އައުމަށްފަހުވެސް ނުގެންގުޅެން" އޭނާ ވިދާޅުވިއެވެ.

މިހާރު ހިތްހަމަ ނުޖެހިގެން އުޅެނީ އެމްޑީޕީއަށް ކައުންސިލުން ޖާގަ ލިބުމުން ކަމަށާއި މަޑުމަޑުން އެމްޑީޕީއަށް ތާއީދު ބޮޑުވަމުން އަންނާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަޖިލިސް އިންތިހާބު ތެރެއިން ށ. ފުނަދޫގައި އިދިކޮޅުން ކުރިއަށް ގެންދިޔަ އެއްވުމެއްގައި، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ، ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ލިޔަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

އޭގެ ފަހުން ފުނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ފާރުގައި ވެސް  އެގޮތަށް ލިޔެފައިވެއެވެ. ފުލުހުން އެމައްސަލަވެސް ދަނީ ބަލުމުންނެވެ. ނަމަވެސް އެމައްސަލައާއި ގުޅިގެން އަދި މިހާތަަނަށް މީހަކު ހައްޔަރު ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް