ads
ފޮޓޯ: މަޖިލިސް
މަޖިލީހުގެ ދެ މެމްބަރުންނާއި އެކު ރައީސް ނަޝީދު، މޯލްޓާއަށް ވަޑައިގަންނަވަނީ
ރައްޔިތުންގެ މަޖިލީހުގެ ދެ މެމެބަރުންނާއި އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މޯލްޓާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އަބްދުލް އަޒީޒް ސައުދު އަލް ބަބްޓައިން ކަލްޗަރަލް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން މޯލްޓާގައި ބާއްވާ "ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސް"ގެ ބައްދަލުވުމަށް ދައުވަތު އަރުވާފައިވާތީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން މިރޭ ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށެވެ. 

އެމަނިކުފާނާއި އެކު މޯލްޓާއަށް ވަޑައިގަންނަވަނީ، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުއެވެ. 

އަދި މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަންނަ އާދީއްތަ ދުވަހު އެނބުރި ރާއްޖެއަށް އާދެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އަބްދުލް އަޒީޒް ސައުދު އަލް ބަބްޓައިން ކަލްޗަރަލް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން މޯލްޓާގައި ބާއްވާ "ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސް" ގެ ބައްދަލުވުމުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. އެ ބައްދަލުވުންތައް ނިންމާލުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް