ads
ކަރަންފުލެއް ފުއްޕާމޭގައި ތާށިވި ކުއްޖާވަނީ ސަލާމަތް ކޮށްފައި
ފުއްޕާމޭގައި ކަރަންފުލެއް ތާށިވި ކުއްޖަކު ސަލާމަތް ކޮށްފި
ރާއްޖޭގައި، ފުއްޕާމޭގައި ކަރަންފުލެއް ތާށިވި ޢުމުރުން 2 އަހަރުގެ ކުއްޖަކަށް ފަރުވާދީ ސަލާމަތް ކޮށްފިއެވެ.

އެ ކުއްޖާ ޑޮކްޓަރަށް ދައްކަން ގެންދިޔައީ ނޭވާލާން އުނދަގޫވުމާއި ގުޅިގެންނެވެ. ނަމަވެސް އޭރު ފުއްޕާމޭގައި އެއްޗެއް ތާށިވެފައި އޮތްކަމެއް ނޭނގެއެވެ.

އެ ކުއްޖާ ބެއްލެވި އެއް ޑޮކްޓަރުކަމަށްވާ އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑރ.މުޙައްމަދު އިސްމާޢީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޢުމުރުން 2 އަހަރުގެ ކުއްޖެއްގެ ފުއްޕާމޭގައި ކަރަންފުލެއް ތާށިވެގެން ނޭވާލާ ނިޒާމަށް ވަރަށް ބޮޑަށް އުނދަގޫވުމުން ވެންޓިލޭޓަރަށް ލާން ޖެހުނު ކަމަށެވެ.

ޑރ. ވިދާޅުވި ގޮތުގައި ޑޮކްޓަރުންގެ ޓީމުން އެ ކަރަންފޫ ނެންގެވީ ކުއްޖާގެ ނޭވާހޮޅިތެރެއަށް ޑިވައިސްއެއް ލެއްވުމަށްފަހު އެ އެ އެތިކޮޅު ގަނޑުކޮށްލައިގެންނެވެ.

ޑރ.މުޙައްމަދު އިސްމާއީލް ވިދާޅުވީ ކުއްޖާ ވަރަށް އަވަހަށް ރަނގަޅުވެފައިވާ ކަމަށާއި, އެހެންވެ، ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި ހަމައެހެންމެ އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމުން ކުރެއްވީ ވަރަށް ރަނގަޅު މަސައްކަތެއްކަން ވެސް ޑރ.މުޙައްމަދު އިސްމާއީލް ވަނީ ފާހަގަކުރައްވާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް