ads
ކްރިމިނަލް ކޯޓު
"މިލިއަނަށްވުރެ ގިނަ ބަރަހަނާ ފޮޓޯ ފެނުނީ މަސާއިދުގެއޮފީހުން ޕީސީއިން"
ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯތަކެއް ލީކުކޮށްލިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، މިލިއަނަށްވުރެ ގިނަ ބަރަހަނާ ފޮޓޯ ފުލުހުން ހޯދާފައިވަނީ މުހައްމަދު މަސާއިދު ބިން ސަމީއު އޮފީހުގައި ބޭނުންކުރާ ސިސްޓަމުން ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

"މިލިއަނަށްވުރެ ގިނަ ބަރަހަނާ ފޮޓޯ ފެނުނީ މަސާއިދުގެއޮފީހުން ޕީސީއިން"

ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯތަކެއް ލީކުކޮށްލިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، މިލިއަނަށްވުރެ ގިނަ ބަރަހަނާ ފޮޓޯ ފުލުހުން ހޯދާފައިވަނީ މުހައްމަދު މަސާއިދު ބިން ސަމީއު އޮފީހުގައި ބޭނުން ކުރާ ސިސްޓަމުން ކަމަށް ފުލުހުން ބުނެފި އެވެ.

.އިސްޕަންޖުގޭ މަސާއިދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ މިއަދު 14:00 ގައެވެ.

“ސީއެންއެމް”އާއި ވާހަކަދައްކަވަމުން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަ އަހްމަދު ޝަފީއު ވިދާޅުވީ މިއަދު އޮތީ އެ މައްސަލަ ތަހުގީގު ކުރި ފަރާތުގެ ހެކިބަސް ނެގުން ކަމަށެވެ.

''މިދިޔަ ހަފުތާގަ ބޭއްވުނު ހެކިބަސް ނެގުމުގެ އަޑުއެހުމުގަ ދެ ހެކިންގެ ހެކިބަސް ނެގުނު އެ ދުވަހު. ދެން އަޅުގަނޑުމެން ރިކުއެސްޓްކުރީ މައްސަލަ ތަހުގީގު ކުރި ފަރާތް ރަސްމީ ދަތުރެއްގަ ފުރާވަޑައިގަންނަވާތީ އޭނަގެ ހެކިބަސް ނެގުން އަވަސްކޮށްދިނުމަށް. އެހެންވެ މިއަދަށް މައްސަލަ ތާވަލުކޮށްދެއްވީ.'' ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ މިހާރު ނެގިފައިވަނީ ތިން ހެއްކެއްގެ ހެކިބަސް ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ކްރިމިނަލް ކޯޓުގައި ފުލުހުން ވަނީ މަސާއިދު ބޭނުންކުރާކަމަށް ބެލެވޭ އައިޕީ އެޑްރެހެއް މެދުވެރިކޮށް ވިކްޓިމްގެ ފޮޓޯތަކެއް މީސްމީޑިއާއަށް ލީކްކޮށްލިކަން އެނގޭ ސްނެޕްޝޮޓްތަކެއް ހެކީގެ ގޮތުގައި ހުށަހަޅާފައެވެ. އަދި މީގެ ކުރިން ވެސް އޭނާ އެފަދަ އަމަލުތަކެއް ހިންގި ކަމަށާއި, އޭނާ ވަޒީފާއަދާކުރާ އޮފީހުގައި ބޭނުންކުރާ ހާޑް ޑިސްކް ނައްތާލައިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. 

ފުލުހުން އަޑުއެހުމުގައި ހާމަކުރި މައުލޫމާތުތަކުން އެނގޭގޮތުގައި އޭނާ ވަޒީފާއަދާކުރާ އޮފީހާއި އޭނާގެ ގެއިން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި އޭނާގެ އޮފީހުގައި ބޭނުންކުރާ ސިސްޓަމުގެ 2 ޓީބީ ހާޑްޑްރައިވް ތަހުލީލުކުރުމުން އެއް މިލިއަނަށްވުރެ ގިނަ ބަރަހަނާ ފޮޓޯއާއި ޕާސަނަލް ފައިލްސް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ގިނަ ބައެއްގެ ޒާތީ މައުލޫމާތާއި ބަރަހަނާ މަންޒަރު ދައްކައިދޭ ފޮޓޯއާއި, ވީޑިއޯ ނެގުމަށްފަހު ޓެލެގުރާމުގެ އިތުރުން ސޯޝަލްމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި އާންމުކުރި މައްސަލައިގައި އުމުރުން 36 އަހަރުގެ މަސާއިދުގެ މައްޗަށް ދައުލަތުން ވަނީ 11 ދައުވާއެއް އުފުލައިފައެވެ.

މަސާއިދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  1. .އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ 03 ދައުވާ
  2. އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ 03 ދައުވާ
  3. އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ
  4. އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާ
  5. އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ
  6. އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ
  7. އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ

މަސާއިދު މި ވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

''13 ފެބްރުއަރީގަ ބޭއްވުނު ބަންދު މުރާޖައާކުރުމުގެ އަޑުއެހުމެއް. އެ އަޑުއެހުމުގަ ގާޒީ ހަމަ ނިންމެވީ ބަންދުގެ މުއްދަތު ދަމަހައްޓަން. އެއީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައާއި, ހެކިތަކަށް ނުފޫޒު ފޯރުވާފާނެކަމަށްޓަކާ.'' ޝަފީއު ވިދާޅުވިއެވެ.
25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް