ads
ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު - ފޮޓޯ ރައްޔިތުންގެ މަޖިލިސް
އަޅުގަނޑާއި ރައީސް ނަޝީދު ފިޔަވައި އެންމެން ތިބީ ހުވަޔާ ޚިލާފުވެގެން: ޖާބިރު
ދިވެހިރާއްޖޭގެ ދީން ނަގަހައްޓާނެ ކަމަށާއި, ދިވެހި ދައުލަތުން ވައްކަން ނުކުރާނެކަމަށް ކުރި ހުވަޔާއި ޚިލާފުނުވެ ތިބީ އޭނާގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.

ޖާބިރު ވިދާޅުވީ ގާނޫނުއަސާސީގައި ދެ ވާހަކައެއް އެބަ ބުނެދޭ ކަމަށާއި, ''އަހުރެން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިޚްލާސްތެރިކަމާ އެއްކޮށް ވަކާލާތުކުރާނެ ކަމަށާއި, ދިވެހިރާއްޖޭގެ ދީން ނަގަހައްޓާނެ ކަމަށާއި, ދިވެހި ދައުލަތުން ވައްކަން ނުކުރާނެ ކަމަށާއި'' މިހެން ހުވާކޮށްގެން ތިބި މީހުންގެތެރެއިން ހުވަޔާއި ޚިލާފުނުވެ ތިބީ އޭނާއާއި ރައީސް ނަޝީދު ކަމަށެވެ.

''އަޅުގަނޑަށް ޔަގީން ރައީސް (ނަޝީދު) ހުވަޔާ ޚިލާފުނުވާނެކަން. ރައީސަށް އެކަނި އެނގޭނީ ހުވާލައިދޭން ވެސް. ހުވައެއް ކިޔައިދޭން ވެސް. ހުވައެއްގައި ވާގޮތް ވެސް. އޭގެ ކުރީގައި ހުވައެއް ނޯވޭ. ރައީސް މައުމޫނުގެ އިރުގައި ހުވާގައި އޮންނަނީ އޭނާ ކުރި ކަމަކާ މާތްކަލާނގެއާ ވަކީލޭ.'' ޖާބިރު ވިދާޅުވިއެވެ.

ނަމަވެސް މިހާރުގެ ހުވާގައި އޮންނަނީ އެހެނެއް ނޫންކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި މީހަކު ނެތި މި ގައުމު ހިނގަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި މި ވަގުތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހުންނެވީ މަގާމުން އިސްތިއުފާދެއްވައިގެން ކަމަށާއި, އޭގެ މާކުރިން ރައީސް ނަޝީދު ވެސް ރައީސްކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

''މި ހުރިހާ އިސްތިއުފާދީފައި ފައިސަލް ނަސީމް މިހާ ބޮޑު ކަންތައްގަނޑެއް ހިނގައިދިޔަ މައްސަލަ އަޅުގަނޑު ވާނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ނައިބު މުގައްރިރުގެ ހައިސިއްޔަތުން ހުށަހަޅާފަ.'' ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާދިނުމަށްފަހުގައި މަގާމު ހުސްވީކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް