ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަންނީ އުފެއްދުން ގިންތި ކުރުމާއި ދަރަޖަ ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ގާސިމުގެ ފަންނުވެރިކަމުގެ ސަބަބުން އަންނަ ކޮންމެ ސަރުކާރަކުން އުޖޫރަ އާއި ހުރިހާ އެއްޗެއް އޭނާއަށް ލިބިވަޑައިގަންނަވާ ކަމަށެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ދައުލަތުގެ ހުރިހާ ޑޮލަރެއް ވެސް ހުރީ ގާސިމްގެ އަތުގަ އެވެ. އަދި އޭނާގެ އަނބިކަނބަލުން ހުންނެވީ ޓްރާންސްޕޯޓް މިނިސްޓަރުކަން ކަން މަޖިލީހުގެ ރައީސަށް ވެސް އެނގިވަޑައިގަންނަވާނެކަމަށް ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވަނީ މިފަދަ ބިލަކަށް ބަހުސް ކުރެވޭއިރު ރާއްޖޭގައި ތިއްބެވި ބޮޑެތި ފަންނުވެރިންގެ ވާހަކަ ދައްކަންޖެހޭކަމަށް ވެސް ވިދާޅުވެފަ އެވެ. އެ ގޮތުން ރައީސް މައުމޫނަކީ ވެސް ބޮޑު ފަންނުވެރިއެއްކަމަށް ވިދާޅުވެ ޖާބިރު ވަނީ މައުމޫނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.