ads
އިމްތިޔާޒު ފަހްމީ--
އަންހެނުންގެ ހައްގުތަކަށް އަޑު އުފުލުމުގައި އަބަދު ވެސް ހުންނާނަން: އިންތި
އަންހެނުންގެ ހައްގުތަކަށް އަޑު އުފުލުމުގައި އަބަދު ވެސް ދެމިހުންނަވާނެކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅު ވެއްޖެ އެވެ.

އިންތި މިހެން ވިދާޅުވީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހެޔޮ އެދުމާއި, ތަހުނިޔާ ވިދާޅުވެ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހެޔޮ އެދުމާއި, ތަހުނިޔާ ވިދާޅުވެ މިއަދު ކުރެއްވި ޓުވީޓެއްގައި އިންތި ވިދާޅުވީ އަންހެނުންގެ އިގުތިސާދީ, ސިޔާސީ އަދި މަދަނީ މިނިވަންކަމާއި ބާރުވެރިކަަމާއި, ހަމަހަމަކަމަށް އަޑުއުފުއްލެވުމުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި ހަމައެހެންމެ އަންހެނުންނަށް ކުރާ އަނިޔާ އާ ދެކޮޅަށް ވަކާލާތުގެ އަޑު އުފުލުމުގައި ބައިވެރިއަކަށް އަބަދުވެސް ހުންނަވާނެ ކަމަށް އިންތި ވިދާޅުވި އެވެ.

އަންހެނުންގެ އިގުތިސާދީ, ސިޔާސީ އަދި މަދަނީ މިނިވަންކަމާއި, ބާރުވެރިކަަމާއި, ހަމަހަމަކަމަށް އަދި އަނިޔާއާއި ދެކޮޅަށް ވަކާލާތުގެ އަޑު އުފުލުމުގައި ބައިވެރިއަކަށް އަބަދުވެސް ހުންނާނަމު- އިންތި 

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫއެން ވިމެން އިން މި އަހަރުގެ ޝިއާރު ކަމުގައި ކަނޑައަޅާފައިވަނީ ''ޖެންޑާ އީކުއަލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނެބަލް ޓްމޯރޯ'' އެވެ.

މި ޝިއާރާބެހޭ ގޮތުން ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުން އަރައިގަތުމަށްޓަކައި އަދި މިފަދަ ބަދަލުތަކަށް އެޑެޕްޓްވުމަށްޓަކައި އަންހެނުން އަދާކުރަމުންދާ ދައުރާއި، އަންހެނުންގެ ތަޖުރިބާރަތައް ދެނެގަނެ ފާހަގަ ކުރުމަކީ މުހިންމުކަމެއް ކަމަށެވެ. 

އަންހެނުންނަކީ އާބާދީގެ ދެބައިކުޅަ އެއްބައި ކަމަށާއި, މުޖުތަމައުއެއްގެ ވިސްނުމާއި ޚިޔާލުތަކާއި ހައްލުތަކާއި ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ފަރާތްތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ދެމެހެއްޓެނިވި މާދަމާއެއް ނުވަތަ މުސްތަގުބަލެއް ބިނާކުރަން މަސައްކަތްކުރާއިރު އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް