އެސްޖޭ ކޮންސްޓްރަކްޝަން އިން ބުނީ ތިމަރަފުށީގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މަސައްކަތަށް ބޭނުންވާ ސާމާނާއެކު ދަތުރަށް ފަށައިވާ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނާ ގޮތުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަޝްރޫއު އެކުންފުންޏާ ހަވާލުކުރީ 71510250 (ހަތްދިހަ އެއް މިލިއަން ފަސް ލައްކަ ދިހަ ހާސް ދުއިސައްތަ ފަންސާން) ރުފިޔާ އަށެވެ.
މި މަޝްރޫއުގެ ދަށުން އަޅާނީ އެއްބުރީގެ 100 ހައުސިން ޔުނިޓުތަކެއް ކަމަށާއި އެއީ ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާއާއި އެއް ސިޓިން ރޫމާއި އެއް ލޯންޑްރީ އާއި ފްރޮންޓްޔާޑެވެ.