ads
އެމްޕީއެލް އިން ރޭ ބޭއްވި ހާއްސަ ޖަލްސާ
އަންހެން ބޭފުޅުންނަށް އެމްޕީއެލްއިން ހާއްސަ ދެ އެވޯޑެއް
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވިސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ކުންފުނީގައި ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ އަންހެން ބޭފުޅުންނަށާއި ކުންފުނީގެ އެކި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓުންނަށް ހާއްސަ އެވޯޑެއް ދީފިއެވެ.

މާޗު މަހުގެ އަށް ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސްގައި ބޭއްވި ހަފްލާގައި މި އެވޯޑްތައް ދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނު، މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. 

ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ އެވޯޑް ޖުމްލަ 12 އަންހެން ބޭފުޅުން ހާސިލްކޮށްފައިވާއިރު މީގެ ތެރޭގައި ކުންފުންޏަށް 20 އަހަރު ދުވަހަށް ވުރެ ގިނައިން ހިދުމަތް ކޮށްދީފައިވާ ފަރާތްތައް ހިމެނެއެވެ. މި ހަފްލާގެ އެންމެ ޝަރަފުވެރި އެއް އެވޯޑް އެމްޕީއެލްގައި 30 އަހަރަށް ވުރެ ގިނަ ދުވަސް ހިދުމަތްކޮށް ހޯއްދެވީ ކާގޯ އެޕަރޭޝަންސް ޑިޕާޓްމެންޓްގެ ސީނިއާ ޗީފް މެނޭޖާ ރަޒިއްޔާ މޫސާއެވެ. 

ކުންފުންޏަށް ގިނަ ދުވަސް ހިދުމަތް ކޮށް އެވޯޑް ހޯދި ފަރާތްތައް: 

•    ރަޒިއްޔާ މޫސާ – ސީނިއާ ޗީފް މެނޭޖާ – ކާގޯ އޮޕަރޭޝަންސް ޑިޕާޓްމަންޓް

•    ފާތިމަތު ސާދުނާ – ސީނިއާ މެނޭޖާ – ފައިނޭންސް ޑިޕާޓްމަންޓް

•    ފާތިމަތު ބަދޫރާ – މެނޭޖާ  -  މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިންގ ޑިޕާޓްމަންޓް

•    ރަހުމަތު – ސީނިއާ މެނޭޖާ – ފައިނޭންސް ޑިޕާޓްމަންޓް 

•    ފާތިމަތު އަލީ – އެސިސްޓެންޓް ޖެނެރަލް މެނޭޖާ -  އެޗް.އާރު. ޑިޕާޓްމެންޓް 

•    ފާތިމަތު ނާޝިދާ – ސީނިއާ މެނޭޖާ - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން ޑިޕާޓްމަންޓް

•    ފާތިމަތު ނާޒިމާ – މެނޭޖާ– މާލެ ނޯތް ހާބާ

•    އަޒްލީމާ އަބްދުލް ސަމަދު – އެޑްމިނިސްޓްރޭޓިވް އޮފިސާ – ސެކިއުރިޓީ، ސޭފްޓީ އެންޑް އިމާޖެންސީ ސާވިސަސް

•    އަމީޒާ އަލީ – ސީނިއާ މެނޭޖާ  - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން ޑިޕާޓްމަންޓް

•    ބިޝާރާ އަބްދުލްލަތީފު – އޮފީސް އެޓެންޑެންޓް – އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

•    އައިޝަތު ސުނީޒާ – ސީނިއާ މެނޭޖާ – ހުޅުމާލެ ޓާރމިނަލް އޮޕަރޭޝަންސް 

•    އައިޝަތު ޝިމްލާ – އެސިސްޓެންޓް ޖެނެރަލް މެނޭޖާ – އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް 

މީގެ އިތުރުން، ރޭ ބޭއްވި ހަފްލާގައި ވަނީ ކުންފުނީގެ ސެކްރެޓޭރިއެޓުންގެ ގޮތުގައި މަސައްކަތް ކުރާ އެކި ފަރާތައް ހާއްސަ ސެކްރެޓޭރިއެޓް އެވޯޑެއް ދީފައެވެ. ޖުމްލަ ހަތަރު އަންހެން ބޭފުޅަކު ސެކްރެޓޭރިއެޓް އެވޯޑް ހާސިލްކޮށްފައިވެއެވެ.

އޭގެތެރޭގައި ހިމެނެނީ، ފާތިމަތު ސިޔާނާ، ހިއުމަން ރިސޯސަސް ޑިވިލޮޕްމަންޓް ކޮމިޓީ ސެކްރެޓެރީ، އެޗް.އާރު ޑިޕާޓްމެންޓް، މަރިޔަމް ފަރީޝާ، ޕޮލިސީ ރިވިއު ކޮމިޓީ ސެކްރެޓެރީ، އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓް، އައިޝަތު އަރީން އިލްޔާސް، ޑިސިޕްލެނެރީ ކޮމިޓީ އެންޑް ސެކްޝުއަލް ހެރެސްމަންޓް ކޮމިޓީ ސެކްރެޓަރީ، އެޗް.އާރު ޑިޕާޓްމެންޓް އަދި ސުހާ ޝަރީފު، އިންޓަވިއު ޕެނަލް ސެކްރެޓަރީ، އެޗް.އާރު ޑިޕާޓްމެންޓްއެވެ. 

މި އެވޯޑްތައް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲއެވެ. 

މީގެއިތުރުންވެސް، މި ހަފްލާގައި ވަނީ އަންހެނުންނަށް ހާއްސަކޮށް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް އިފްތިތާހުކޮށްފައެވެ. އަދި "ޓްރައުމާ ލީވް ޕޮލިސީ" އެއް އިއުލާނުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް