ads
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން
ީބީސީއެމް އިން ބޮޑެތި ގޮންޖެހުން ތަކުން އަންހެނުން ދިފާއުވާނެ، ގޮތް ކިޔައިދީފި
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ކޮންފަރެންސް އޮން ވިމެން އެމްޕަވާމަންޓް"ގެ ނަމުގައި އަންހެނުންނަށް ދިމާވާ ބޮޑެތި ގޮންޖެހުން ތަކުން ދިފާއުވާނެ، ގޮތް ކިޔައިދޭ ހަރަކާތެއް ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސް(ބީސީއެމް) އިން ކުރިއަަށް ގެންގޮސްފި އެެވެ.

ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި މި ހަރަކާތަކީ މެންހެޓަން ބިޒްނަސް ހޮޓެލާއި މެންހެޓަން ފިޝް މާކެޓްގެ އެހީތެރިކަމާއެކު ހިންގި ހަރަކާތެކެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ހަރަކާތުގެ މަގުސަދަކީ އަންހެނުން ބާރުވެރި ކުރުވައި، އަންހެނުންނަށް ދިމާވާ އެންމެ ބޮޑެތި ގޮންޖެހުން ތައް ހުރި ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުގެ ފަންނީ ފަރާތްތަކުގެ ތަޖުރިބާއާއި އިރުޝާދު ބައިވެރިންނަށް ފޯރުކޮށް ދިނުން ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

އެ ގޮތުން މިބައްދަލުވުމުގައި ވިމެން އިން މީޑިއާ، ވިމެން އެންޑް ދަ އިކޮނޮމީ، ވިމެންސް ހެލްތު އަދި ވިމެން އެންޑް އެންވަޔަރަމަންޓް ފަދަ ދާއިރާތަކަށް އަލިއަޅުވާ ގިނަ މަޝްވަރާތަކެއް ކުރެވިފައިވެއެވެ.

your imageބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ކޮންފަރެންސް އޮން ވިމެން އެމްޕަވާމަންޓް"ގެ ނަމުގައި އަންހެނުންނަށް ދިމާވާ ބޮޑެތި ގޮންޖެހުން ތަކުން އަންހެނުން ދިފާއުވާނެ، ގޮތް ކިޔައިދިން ހަރަކާތުގެ ތެރެއިން: ފޮޓޯ/ ބީސީއެމް

މި ހަރަކާތުގައި ޕެނަލިސްޓުގެ ގޮތުގައި ވާހަކަ ދެއްކެވީ، އެޑިއުކޭޓާ އެންޑް ޓީވީ ޕްރެޒެންޓާ އައިމިނަތު ނަމްޒާ އެވެ. އަދި މެޑިފްލެކްސްގެ ޑައިރެކްޓާ އޮޕަރޭޝަންސް އެންޑް މާކެޓިން އައިމިނަތު ޝާޔަން ޝާހިދު އާއި މިޕްސްޓާގެ ކޮންސަލްޓަންޓް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް އަދި ޕެޑީ ކޯސް ޑިރެކްޓާ ޒޫނާ ނަސީމް ވެސް ވާހަކަދައްކަވާފައިވެއެވެ.

އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށާއި އަންހެނުން ބާރުވެރި ކުރުވުމުގެ މަގްސަދުގައި 14 ޖަނަވަރީ 2022ގައި އިފުތިތާހު ކުރެވުނު ބީސީއެމްގެ ފަރާތުން އަންނަނީ ފުޅާ ދާއިރާއެއްގައި އަންހެނުން ބާރުވެރިކުރެވުމަށް ތަފާތު ހަރަކާތްތައް ހިންގައި، އަންހެނުންނަށް ގިނަ ފުރުސަތުތައް ފަހިކޮށް ދެމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް