ads
ފޮޓޯ: ޓައިމްސް ނައު
އަނބިމީހާ ފޯނު ހަލާކު ކޮށްލުމުން ފިރިމާހާ އަމިއްލައަށް މަރު ވެއްޖެ
ފިރިހެން މީހާ ގެންގުޅުން ފޯނު އަނބިމީހާ ހަލާކު ކޮށްލުމުން ފިރިހެން މީހާ އަމިއްލައަށް މަރު ވެއްޖެ އެވެ.

އިންޑިއާގެ އުއްތަރް ޕްރަދޭޝްއަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ކްރިޝްނާ ނަމަކަށް ކިޔާ މި މީހާ އަމިއްލައަށް މަރުވީ އޭނާ ގެންގުޅުން ވަގު ލޯބިވެރިޔާގެ ކަންތައް ގަނޑު އޭނާގެ އަނބިމީހާއަށް ފަޅާއަރާ އެ ކަމާ ގުޅިގެން ފިރިހެން މީހާ ގެންގުޅުނު ފޯނު އަންހެން މީހާ ހަލާކު ކޮށްލުމުންނެވެ.

މީގެ އެއް އަހަރު ކުރިން ކްރިޝްނާ ކައިވެނި ކުރީ އޭނާގެ އުފަން ރަށަށް އުފަން އަންހެނަކާ އެވެ. ކްރިޝްނާގެ އަންހެނުން އޭނާގެ އުފަން ރަށަށް ގޮސް އެނބުރި އައީ މިދިޔަ ހޯމަ ދުވަހު އެވެ.

މި މައްސަލަ އާ ގުޅިގެން އެގައުމުގެ ފުލުހުން ބުނީ، ހަ މަސް ފަހުން އެ ދެމަފިރިން ބައްދަލުވި އިރު ވެސް ކްރިޝްނާ އޭނާގެ ލޯބިވެރިޔާއަށް ފޯނުން މެސެޖު ކުރަމުން ދިޔަ ކަމަށާއި، އަންހެން މީހާއަށް އެކަން ކޮންމެސް ވަރަކަށް ޝައްކު ކުރެވިގެން އެ ސުވާލުތައް ވެސް ކުރި ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ކްރިޝްނާ ސަމާލުކަން ނުދިނުމުން ކްރިޝްނާގެ ފޯނު ޖަގައިގަނެ ފޯނުގައި ހުރި މެސެޖުތަކާއި ފޮޓޯތައް އަންހެން މީހާއަށް ފެނުމުން އަންހެން މީހާ އެކަމުގެ ރުޅީގައި ފޯނު ހަލާކު ކޮށްލީ ކަމަށް ބުންޏެވެ. 

މިކަމާއި ގުޅިގެން އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއްގައި އެ އަންހެން މީހާ ބުނީ، ފޯނު އަތުލުމަށް ފަހު ހަލާކުކޮށްލުމުން ކްރިޝްނާއަށް އެވަރު ވެދާނެކަން އެނގުން ނަމަ ފޯނު ނުނަގާނެ ކަމަށެވެ.

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް