ads
ކުއްލިއަކަށް ތެލުގެ އަގު ހޮޔޮވެއްޖެ!
އިނގިރޭސި ވިލާތާއި އެމެރިކާއިން ރަޝިޔާއާއިން ތެޔޮ ގަތުން ހުއްޓާލުމާއިއެކު ބޮޑުތަނުން ބޮޑުވި ތެލުގެ އަގު، ކުއްލިއަކަށް މިއަދު ހެޔޮ ވެއްޖެ އެވެ.

ރަޝިއާ އާއި ޔޫކްރެއިންއާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރަޝިއާއަށް ދަތިކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ޓެކްސަސްގައި ހުންނަ ވެސްޓް ޓެކްސަސް އިންޓަމިޑޭޓް (ޑަބްލިޔުޓީއައި)އިން ތެލުގެ އަގު 15 އިންސައްތަ އަށް އުފުލުނެވެ. 

ތެލުގެ އަގަށް އައި މިބޮޑު ބަދަލާއިއެކު ބާޒާރުގައި ތެޔޮ ލިބުމުގައި އޮތް ތާށިކަން ނައްތާލާ ތޮޔޮ ލިބޭ އަގު ހެޔޮ ކުރުމަށް އިންޓަނޭޝަނަލް އެނާޖީ އެޖެންސީ އިން ވަނީ އެ މީހުންގެ ރިޒާވުން 60 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރެފަ އެވެ.

އެއާއިއެކު މިއަދު ޑަބްލިޔުޓީއައި އިން ތެލުގެ އަގު ވަނީ 12 އިންސައްތައަށް ދަށްވެފައެވެ. ޑަބްލިޔުޓީގެ ތެޔޮ ފީފާއެއް މިހާރު ހުރީ 108.7 ޑޮލަރަށް ހެޔޮވެފައެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ ބެންޗުމާކް، ބުރެންޓްގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 13 އިންސައްތަ އަށް ވަނީ ދަށްވެފައެވެ. އަދި ތެޔޮ ފީފާއެއް މިހާރު ހުރީ 111.1 ޑޮލަރަށް ހެޔޮވެފައެވެ. މިއީ 2020ވަނަ އަހަރުގެ އެޕްރީލު މަހަށްފަހު ތެލުގެ އަގު އެންމެ ހެޔޮވި ފަހަރެވެ.

މީގެ ކުރިން ބުރެންޓްގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 139 ޑޮލަރުގަ އެވެ. މިއީ 2008 ވަނަ އަހަރަށް ފަހު ތެލުގެ އަގު އެންމެ މައްޗަށް ދިޔަ ފަހަރެވެ. 

ތެލުގެ އަގު ދަށަށް ދިޔައީ އެމެރިކާއިން އިސްނަގައިގެން ކުރި މަސައްކަތުން ރަޝިޔާ ނޫން ގައުމުތަކުން އުފައްދާ ތެޔޮ އިތުރަށް މާކެޓަށް ނެރެން ފެށުމުންނެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް