ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާތައް ދޭން ފެށުމާއިއެކު އެމެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ހަރުކަށި މާލީ އަދަބު ދޭނެކަން އޮތީ އިއުލާން ކޮށްފައެވެ.
އެގޮތުން ހުޅަނގުގެ ގައުމުތަކުން ދަނީ ރަޝިއާއާއި ދެކޮޅަށް ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. ރަޝިއާ އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ވިލާތުގެ ގައުމުތަކުގައި ހުރި ރަޝިއާގެ މަރުކަޒީ ބޭންކުގެ ރިޒާވް ފައިސާތައް ހިފެހެއްޓުން ހިމެނެއެވެ.
އަދި ރަޝިޔާއިން ތެލާއި ގޭސް ގަތުން ހުއްޓާލުމާއި، އެ ގައުމުގެ އެތައް ބިލިއަނަރުންގެ މުދާ ހިފެހެއްޓުމުގެ އިތުރުން ޖަޕާނުންވެސް ވަނީ އެގައުމުގެ ބައެއް ބްރޭންޑުތައްވެސް ރަޝިއާއަށް އެތެރެކުރުން ހުއްޓާލާނެ ކަން އިއުލާން ކޮށްފައެވެ.
މިއިން ކޮންމެ ފިޔަވަޅަކުންވެސް ރަޝިއާއެެކު ދުނިޔޭގެ ހުރިހާ ހިސާބަކަށް ދަތިތަކާއި ކުރިމަތިލާންް ޖެހިފައިވާއިރު، ރަޝިޔާ އިން ވަނީ އެގައުމާއި ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ރައްދު ފިޔަވަޅުތައް އަޅަން ފަށާފަވާކަން އިއުލާންކޮށްފައެވެ.
ރަޝިއާއިން އެޅި ފިޔަވަޅުތައް
އިތުރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބޭރުގެ އާގުބޯޓުފަހަރު ރަޝިޔާގެ ބަނދަރުތަކަށް ވަނުން މަނާކުރުން ވެސް ހިމެނެ އެވެ.
ރަޝިއާއިން ބުނީ އެފިޔަވަޅުތަކުގެ އަސަރު އެމެރިކާ އާއި އީޔޫ ހިމެނޭ ގޮތުން 48 ގައުމަކަށް ކުރާނެ ކަމަށެވެ.