ads
ޔޫކްރެއިންގައި ހަމަލަ ދީފައިވާ ސަރަހައްދެއް
ޓެންޓުގެ ބަދަލުގައި ޔޫކްރެއިންގެ ރެފިއުޖީނަށް ކުރީގެ މޭޔަރު ހިޔާވަހިކަން ދެނީ
ޕޮލެންޑްގެ ވެރިރަށް ވޯސޯގެ ކުރީގެ މޭޔަރު ވަނީ ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ޔޫކްރެއިން ދޫކޮށް ގޮސްފައިވާ ބައެއް ރެފިއުޖީންނަށް އޭނާގެ ގެތަކުގެ ތެރެއިން ގެއެއް ދީ ފައެވެ.

ބީބީސީގެ ސޯފީ ރަވޯތްއާ ވާހަކަ ދައްކަމުން މާކިން ސްވިކިކީ ވިދާޅުވީ، މިހާރު އޭނާގެ ގޭގައި 13 މީހުން ދިރިއުޅެމުން ދާކަމަށެވެ. އަދި މީގެ ކުރިން 17 މީހުން ތިބި ކަމަށްވެސް ބުނެފައިވެ އެވެ. 

"އަޅުގަނޑުމެން ކުރިން ރާވާފައި އޮތީ އިތުރު ފައިސާ ކޮޅަކަށް ތަންތަން ކުއްޔަށް ހިފަން. ނަމަވެސް އަޅުގަނޑުމެންނަށް ދިރިއުޅެވޭނެ ވަސީލަތްތައް އެބަހުރި އެހެންވީމަ، އަޅުގަނޑުމެން އެ ތަންތަނުގައި ދިރިއުޅެވޭނެ ގޮތް ހަމަޖައްސައިދިނީ. މިއީ އާއިލާގެ ހުރިހާ މީހުންގެ ވެސް ނިންމުމެއް،" އޭނާ ވިދާޅުވި އެވެ.

ދެ މިލިއަނެއްހާ މީހުން މިހާރު ޔޫކްރެއިން ދޫކޮށް ގޮސްފައިވާ އިރު، އޭގެ ތެރެއިން 250،000 އެއްހާ މީހުން މިހާރު ދިރިއުޅެނީ ވޯސޯގައެވެ.

ބީބީސީއާ ވާހަކަ ދައްކަވަމުން އައިރިޝް ޓައޮއިސެޗް މައިކަލް މާޓިން ވެސް ވިދާޅުވީ، އަޔަލެންޑުން އަމަލުކުރި ގޮތައް އީޔޫގެ ހުރިހާ ގައުމަކުން ވެސް ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ވިސާ އާއި އެނޫން ވެސް ޗެކްތަކުގެ ބޭނުމެއް ނެތި ޔޫކްރެއިން އިން ރެފިއުޖީން އައުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

"ލޮޖިސްޓިކަލް ގޮތުން ވަރަށް ޗެލެންޖިން ވާނެ. ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެން އެކަން ކުރަން އެބަޖެހޭ. ސަބަބަކީ، މިއީ ޑިމޮކްރަސީ އާއި ޚުދުމުޚުތާރުވެރިކަމާ ދޭތެރޭގައި، އަސާސީ ގޮތުން ކުރެވޭ ހަނގުރާމައެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ،" ،" އޭނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް